ކަނޑުމަތީގެ ހާދިސާ

ދޯންޏެއް ދިޔަވަމުންދާތީ ކޯސްޓްގާޑުން ހަރަކާތްތެރިވަނީ

ދިޔަވަމުންދާ ދޯންޏަކަށް އެހީވުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ދިޔަވަމުން ދަނީ މާލެއިން ފުރައިގެން ދ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ރެދަން" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

ވ. ފުށިފަރު ކައިރިން ދޯނި ދިޔަ ވަމުންދާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.

ކޯސްޓްގާޑުން ދަނީ ދޯނި އޮތް ސަރަހައްދަށް ދަތުރުކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.