މޯލްޑިވްސް ކަސްޓަމްސް ސާވިސް

އަލަށް އެތެރެކުރި ޑްރަގުގެ ބާވަތެއް އަތުލައިގެންފި

ޑުރަގުގެ ބާވަތެއް. -- ފޮޓޯ: އަވަސް.
0%
0%
0%

ކޫރިއަ މެދުވެރިކޮށް ރާއްޖެ އެތެރެކުރި 640.50 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ ތަކެތި އަތުލައިގަތީ ކޫރިއަ މެދުވެރިކޮށް ބަހްރެއިނުން ރާއްޖެ ގެނެސްފައިވާ ޕާރްސަލްތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި ވައިގެ މަގުން ޕާރުސަލް ރާއްޖެ އެތެރެކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު އެވެ. ޕާރުސަލްގައި ހުރި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން އަށް އެ ތަކެތި ޕޮޒިޓިވް ވެފައިވެ އެވެ.

މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނެ ފުރަތަމަ ފަހަރެވެ.

ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910