ދުނިޔެ

ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް

Nov 16, 2022
ދުނިޔޭގެ މިހާރުގެ އާބާދީގައި ހަތް ބިލިއަން ވަނައަށް އުފަންވި ސާދިއާ ސުލްތާނާ އޮއިޝީ (ވ)ގައި އަދި ހަ ބިލިއަން ވަނައަށް އުފަންވީ އަދުނާން މެވިކް (ކ)ގައި
0%
0%
0%

ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އަރައިފި ކަމަށް އދ. އިން ބުނެފި އެވެ.

ދުނިޔޭގެ އަށް ބިލިއަނުގެ ދުވަސް އިއްޔެ ފާހަގަކޮށްފައި މިވަނީ ދުނިޔޭގެ ޖުމްލަ އާބާދީ ހަތް ބިލިތަނަށް އެރިތާ 12 އަހަރު ފަހުންނެވެ.

އދ. އިން ބުނާ ގޮތުގައި މި އަދަދާއި ހަމައަށް ވާސިލްވެފައިވަނީ އާންމު ސިއްހަތު ރަނގަޅުވުމާއި އެކު ދިރިތިބި މީހުންގެ އުމުރު ދިގުވުމާއި، ރަނަގޅު ކާނާ ލިބުމާއި، އަމިއްލަ ސާފްތާހިރުކަމާއި އަދި ސިއްހީ ހިދުމަތަށް އައިސްފައިވާ ތަރައްގީގެ ސަބަބުންނެވެ.

އަންދާޒާ ކުރެވޭ ގޮތުގައި މި އަދަދު ނުވަ ބިލިއަނަށް އަރާނީ 2037 ވަނަ އަހަރު އެވެ. ދުނިޔޭގެ އާބާދީ ހަތް ބިލިއަނުން އަށް ބިލިއަނަށް އަރަން ބާރަ އަހަރު ހޭދަވިއިރު އާބާދީ ނުވަ ބިލިއަނަށް އަރަން ފަނަރަ އަހަރު ހޭދަވާނެ އެވެ.

އާބާދީ އިތުރުވާ މުއްދަތު އިތުރުވެފައިވާތީ މިއީ ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ރޭޓު ދަށްވެފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް އދ އިން ވަނީ ބުނެ އެވެ.

އދ.ގެ ތަފާސްހިސާބުތަކަށް ބަލާއިރު 1950 ވަނަ އަހަރުން ފެށިގެން އާބާދީ އިތުރުވުން އެންމެ ބޮޑަށް ދަށްވީ 2020 ގައެވެ. އެ އަހަރު އެ އަދަދު އެއް އިންސައްތައަށް ވެއްޓުނު ކަން ރިޕޯޓްތަކުން ހާމަވެ އެވެ.

ކޮންމެ އަހަރަކު އދ އިން ނެރެމުންދާ "ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓު" ރިޕޯޓު ވަނީ އިއްޔެގެ ވަގުތެއްގަ ނެރެފަ އެވެ.

ދުނިޔޭގެ އާބާދީ ދުވަހު ނެރުނު މި ރިޕޯޓުގައިވާ ގޮތުން މީގެކުރީގެ އަހަރުތައް ފަދައިން މިއަހަރުވެސް އެންމެ ބޮޑު އާބާދީއެއް އޮތީ ރާއްޖެވެސް ނިސްބަތްވާ އޭޝިއާ ބައްރުގަ އެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު އިންޑިއާ އަދި ޗައިނާގައި ކޮންމެ ގައުމެއްގައި 1.4 ބިލިއަނަށް ވުރެ ބޮޑު އާބާދީއެއް އެބައޮތެވެ.

އދ.ގެ ރިޕޯޓްތައް ދައްކާ ގޮތުން 2050 ވަނަ އަހަރަށްދާއިރު އާބާދީ އެންމެ ބޮޑެތި ގައުމުތަކުގެ ތެރޭގައި އަވަށްޓެރި ޕާކިސްތާނާއި، ކޮންގޯ، މިސްރު، އިތިއޯޕިއާ، ނައިޖީރިއާ، ފިލިޕީންސް އަދި ޓެންޒޭނިއާ ހިމެނޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345