ފައިސަލް ނަސީމް

ތިމާވެއްޓާ ރައްޓެހިކޮށް އިމާރާތް ކުރަންޖެހޭ: ނައިބު

ނައިބު ރައީސް ފައިސަލް ނަސީމު. ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް އިމާރާތްކުރުން މުހިންމު ކަމަށް ވިދާޅުވި--ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް އިމާރާތްކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިމާރާތްކުރުމުގެ ދާއިރާއަށް ކުރެވޭނެ އެންމެ ބޮޑުކަމަކީ ތިމާވެށްޓާއި ރައްޓެހި ގޮތްތައް ހޯދުމާއި ބޭނުންކުރުންކަމުގައި ނައިބު ރައީސް ވިދާޅުވީ މިހާރު ޕެރަޑައިސްގައި ކުރިއަށްދާ އިފޮޕްކާގެ 45 ވަނަ ކޮންވެންޝަންގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

ރާއްޖޭގެ ތިމާވެށިގެ ނާޒުކުކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި އިމާރާތްކުރުމުގެ ސިނާޢަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ މިއީ ކަމުގަ އެވެ.

އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަަކީ ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭނެ ތަކެތި ކަމުގައި ހެދުމާއި ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމާއި އެކަަށޭނަ ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗައް ނައިބު ރައީސް އަލިއަޅުވާލެއްވި އެވެ.

އިފޮޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް ގައުމުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ހޯދައި ދިނުމުގެ މަގުސަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެމްބަރު 19 ގައުމެއް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ. މިއީ ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި މިދާއިރާގެ 500 އެއްހާ ވަފުދު ބައިވެރިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345