އުރީދޫ

އުރީދޫ އިން ވޯލްޑްކަޕަށް ހާއްސަ އޮފާތަކެއް

އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ވޯލްޑް ކަޕް ގެ މެޗްތައް ކޮންމެތާކު ހުރެގެންވެސް ބަލައިލެވޭ ގޮތަށް އޮފާ ތަކާއި، ފޭން ޒޯން ތަކުގެ އިތުރުން ބޮޑެތި އިނާމުތައް ހޯދޭ ފުރުސަތުތަކެއް ހުޅުވާލައިފި އެެވެ.

މި އޮފާތައް އިއުލާނުކޮށްފައިވަނީ މެންހެޓަން ބިސްނަސް ހޮޓެލްގައި މިކަމަށްޓަކައި ބޭއްވުނު ހާއްސަ ހަރަކާތަކާ އެކު އެވެ.

އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގައި ހިމެނެނީ:

ވޯލްޑް ކަޕް ޕެކް:

ވޯލްޑް ކަޕް ޕެކް އެކްޓިވޭޓް ކޮށްލުމުން މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް 100 ޖީބީ ޑޭޓާ އާއި މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަށް 30 ދުވަހުގެ ސަބްސްކްރިޕްޝަން 250ރ އަށް ލިބޭނެ އެވެ.

އުރީދޫ މޯބައިލް އަދި ސުޕަނެޓް ކަސްޓަމަރުނަނަށް ހާއްސަ މި ޕެކް އެކްޓިވޭޓްކޮށްލުމުން ފޯނަށް ލިބޭ ކޯޑް އެމްއެސް އެޕްގައި ޖެހުމުން މޯބައިލް އަދި ސުޕަނެޓް ވައިފައި މެދުވެރިކޮށް ފޯނު އަދި ޓެބްލެޓް ތަކުގައި މެޗްތައް ފަސޭހަކަމާއެކު ބަލައިލެވޭނެ އެވެ.

ހުކުރު ދުވަހުން ފެށިގެން އުރީދޫ އެޕް ނުވަތަ *929# އަށް ޑައެލް ކޮށްލައިގެން ޕެކް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

ގަތަރު ރޯމިންގް ޕެކް:

ވޯލްޑް ކަޕްގެ ފޯރީގައި ބައިވެރިވުމަށް ނުވަތަ ވޯލްޑް ކަޕްގެ ދުވަސްވަރުގައި ގަތަރަށް ދިއުމަށް ބޭނުންވާ ހާއްސަ ރޯމިން ޕެކް އެކްޓިވޭޓް ކޮށްލުމުން އެންމެ 1000ރ 1ޓީބީ ޑޭޓާ އުރީދޫ ގަތަރުގެ 4ޖީ އަދި 5ޖި ނެޓްވޯކްގައި ބޭނުންކޮށްލެވޭނެ އެވެ. މިއީ ގަތަރުގެ ޑޭޓާ ޕެކްތަކާ އަޅާ ބަލާއިރުގައިވެސް ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި ލިބޭނެ ޑޭޓާ ޕެކެވެ.

ހުކުރު ދުވަހުން ފެށިގެން އުރީދޫ އެޕް މެދުވެރިކޮށް މި ޕެކް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

ގޯލާ އެޕް މެދުވެރިކޮށް ސްކޯ ދިމާކޮށްގެން އަގުހުރި އިނާމްތައް:

ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާ ސްކޯ ދިމާކުރާ އެޕް މެދުވެރިކޮށް އުރީދޫ ފުޓްބޯލް ފޮރި ލީގުގައި ބައިވެރިވެ ވޯލްޑް ކަޕްގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ވަރަށް ހާއްސް އިނާމު ތަކެއް ހޯދުމުގެ ފުރުސަތުވެސްވެސް ވޯލްޑް ކަޕްގެ މެޗްތައް ފެށުމާއެކު ހުޅުވިގެން ދާނެ އެވެ. ލީގުގައި މުޅިން ހިލޭ ބައިވެރިވެވޭއިރު ސްކޯ ގެސް ކުރާ ކޮންމެ ފަހަރަކު 1ރ ޗާޖު ކުރާނެ އެވެ.

ލީގު ނިމުމުން އެންމެ މަތިން ޕޮއިންޓް ހޯދާފާއިވާ ހަތް މީހަކަށް ލިބޭ އިނާމު ތަކުގެ ތެރޭގައި ސީ ގިއާ އަދި ކްރޮސްރޯޑް އިން ވަރަށް ހާއްސް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓް:

އަގުހުރި އިނާމުތަކާއެކު ވޯލްޑް ކަޕްގެ ފޯރިއާއި ގުޅުވައިގެން ރާއްޖޭގެ ހަތަރު ސިޓީ ހިމެނޭހެން އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓެއް ބޭއްވުމަށް ވެސް އުރީދޫން ވަނީ ނިންމާފަ އެވެ. މުބާރާތުގައި ވާދަކޮށްގެން އެއްވަނަ އަށް ހޮވޭ މީހަކަށް އަގުހުރި އިނާމުތަކެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓޯނަމެންޓް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާލޭގައި ހުންނަ ވީއާރް ކެފޭ އާއި ކުޅުދުފުށީގައި ހުންނަ ބައި ކަޅު ކެފޭ އާއި ފުވައްމުލައް ސްޓޭޑިއަމާއި އަދި އައްޑޫ ސިޓީގައި ހުންނަ އުރީދޫ ޝޮޕްގަ އެވެ.

ފޭން ޒޯން:

އޮފަތަކާއި ޓޯނަމެންޓްތަކުގެ އިތުރުން މީޑިއާނެޓް އާއި އަދި ކައުންސިލްތަކާއި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އުރީދޫން ވަނީ ފޭން ޒޯން ތަކެއް ތައްޔާރުކޮށްފަ އެވެ. އާއިލާ އާއި ރައްޓެހިންނާ އެކު ނުވަތު ޓީމުތަކުގެ ސަޕޯޓަރުން އެއްވެލައިގެން މެޗްތައް ފޯރީގައި ބަލާލުމުގެ ފުރުސަތު މި ފޭންޒޯންތަކުން ކަސްޓަމަރުންނަށް އުރީދޫ އިން ފޯރުކޮށްދެ އެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށް ކަމަށް އުރީދޫ އިން ބުނެ އެވެ. ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަކީ އުފާވެރި އަދި ފޯރިގަދަ ފުޓްބޯޅަ ފެސްޓިވަލަކަށް ހެދުމަށް އުރީދޫ މޯލްޑިވްސް އިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.