ލައިފްސްޓައިލް

ބޫޓުން ކުނި ވަސް ދުވާތަ؟ އެކަން ވެސް ހުއްޓުވިދާނެ!

ބޫޓުން ކުނި ވަސް ދުވުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. އަދި ގިނަ ބަޔަކު ހިތްހަމަ ވެސް ނުޖެހޭ ކަމެކެވެ. ބޫޓުން ކުނި ވަސް ފިލުވުމަށް އަބަދު ބޫޓު ދޮންނަ މީހުން ވެސް މަދެއް ނޫނެވެ. ބޫޓުން ކުނި ވަސް ދުވަނީ ބޫޓުގައި މައްސަލަތަކެއް ހުންނާތީ އެވެ. އެ މައްސަލަތައް ހައްލުކޮށްލާއިރަށް ބޫޓުން ދުވާ ކުނި ވަސް ފިލުވޭނެ އެވެ.

1- ހެޔޮވަރު ބޫޓަށް އެރުން

ހެޔޮވަރު ނޫން ބޫޓަށް އަރާނަމަ އެ ބޫޓަކުން ކުނި ވަސް ދުވާނެ އެވެ. އެއީ ބޫޓު ހެޔޮވަރު ނޫންނަމަ، ބޫޓު ތެރޭގައި ދާ ހިލުން އިތުރުވެގެންދެ އެވެ. އެހެންކަމުން ބޫޓެއް ގަންނައިރު ހެޔޮވަރު ބޫޓެއް ގަންނާށެވެ.

2- ބޫޓުގެ ފެބްރިކަށް ބެލުން

ބޫޓު ހަދާފައި ހުންނަ ފެބްރިކްގެ ސަބަބުން ވެސް ބޫޓުގައި ކުނި ވަސް ދުވައެވެ. ސިންތެޓިކް ފެބްރިކްއިން ބޫޓު ހަދާފައި ހުންނަ ނަމަ އެ ބޫޓަކުން ކުނި ވަސް ދުވުން ގާތެވެ. ކުނި ވަސް ދުވުން ކުޑަ ވާނީ، ކޮޓަން، ލިނެން، ލެތާ، ހެމްޕް ފަދަ ފެބްރިކްއިން ހަދާފައި ހުންނަ ބޫޓުތަކުގައެވެ.

3- ބޫޓަށް ވެސް ޗުއްޓީ ބޭނުންވޭ

އެއް ބޫޓެއް ޖެހިޖެހިގެން ދެ ދުވަހު އެރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ބޫޓަށް އެއް ދުވަހުގެ "ޗުއްޓީއެއް" ދިނުމަކީ ބޫޓުން ކުނި ވަސް ފިލުވައިދޭ ކަމެކެވެ.

4- ކޮންމެ ދުވަހަކު ފައިތިލަ ދޮވުން

ބޫޓުން ކުނި ވަސް ފިލުވުމަށް އަމިއްލަ ސާފުތާހިރު ކަމަށް ވެސް ލޯބިކުރަން ޖެހެއެވެ. ކޮންމެ ދުވަހަކު ވެސް ރީއްޗަށް ފައިތިލަ ދޮންނަން އާދަކުރާށެވެ.

5- ބޭބީ ޕައުޑާ ބޭނުންކުރުން

ބޫޓުން ކުނި ވަސް ދުވަން މެދުވެރިވަނީ ފައިތިލަ ދާހިލުމުންނެވެ. މިކަން ހުއްޓުވުމަށް ބޫޓަށް އެރުމުގެ ކުރިން ފަޔަށް ބޭބީ ޕައުޑާ އެޅިދާނެއެވެ. އޭރުން ފައިތިލަ ދާވުން ކުޑަކޮށްދެއެވެ. އަދި ބޫޓު އެތެރެ ތެމުން ވެސް ކުޑަ ކޮށްދެއެވެ.

6- ބޭކިން ސޯޑާ ބޫޓަށް އެޅުން

ކޮންމެ ދުވަހަކު ބޫޓު ބޭލުމަށްފަހު ބޫޓު ތެރެއަށް ބޭކިން ސޯޑާ އެޅުމަކީ ވެސް ކުނި ވަސް ފިލުވައިދޭނެ ކަމެކެވެ.

7- ބޫޓު ފިނި ކުރުން

ބޫޓު ބޭލުމަށްފަހު، ޕްލާސްޓިކް ކޮތަކަށް ލައި ފްރިޖަކަށް ލާށެވެ. އޭރަށް ބޫޓުގައި ހުންނަ ފަންގަސް އަދި ބެކްޓީރިއާތައް ނެތިކޮށްލައެވެ.

8- އިސްޓާކީނަށް އެރުން

މަޑު ނުވަތަ ކޮޓަންއިން ހަދާފައިވާ އިސްޓާކީނަކަށް އެރުމަކީ ވެސް ބޫޓުން ކުނި ވަސް ދުވުން ދުރުކޮށްދޭނެ ކަމެކެވެ.

9- ބޫޓު ދޮވުން

ބޫޓު އާންމުކޮށް ދޮވުމަކީ ވަރަށް މުހިންމު ކެމެވެ. ބޫޓު ނުދޮވެ ގިނަ ދުވަސް ވާނަމަ ބޫޓުން ކުނި ވަސް ދުވާނެއެވެ.