އެމްއޭސީއެލް

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

Nov 18, 2022

އިނގިރޭސި ބިލިއަނަރު ރިޗަޑް ބްރެންސަންގެ "ވާޖިން އެޓްލާންޓިކް"ގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ އެވެ.

ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ހީތުރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

މިމަހުގެ 30 ވަނަ ދުވަހު ފަށާ ސީދާ ދަތުރުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަފްތާއަކު ތިން ދުވަހު އެވެ.

ދަތުުރުތަކުގައި ބޭނުންކުރާނީ ވާޖިން އެޓްލަންޓިކް އެއާވޭސްގެ ބޮއިންގް 787-9 މަރުކައިގެ ބޯޓުތަކެވެ.

ވާޖިން އެޓްލާންޓިކްގެ ރާއްޖޭގެ ދަތުރުތަކުގެ ޓިކެޓް މާދަމާ ވިއްކަން ފެށުމަށް ހަމަޖެހިފައިވެ އެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް މިހާރުވެސް ސީދާ ދަތުރުތައް ކުރެ އެވެ. މިދަތުރުތައް މިހާރު ކުރަނީ ބްރިޓިޝް އެއާވޭސް އިންނެވެ.