ފިނިޕޭޖް

އީގަލްސްގެ ގިޓަރިސްޓް ގްލެން ފްރޭ މަރުވެއްޖެ

Jan 19, 2016
2

އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް، އީގަލްސްގެ ގިޓަރިސްޓް އަދި ފައުންޑިން މެމްބަރެއް ކަމުގައިވާ ގްލެން ފްރޭ އުމުރުން 67 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްރޭ މަރުވެފައި ވަނީ ހިއުމެޓޮއިޑް އާތުރައިޓްސް އާއި ނިއުމޯނިއާ ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ. އާއިލާ އާއި ބޭންޑްގެ މެމްބަރުން ބުނެފައި ވަނީ ފްރޭ މަރުވުމުގެ ހިތާމަ އަކީ ބަޔާންކޮށްނުދެވޭނެ ބޮޑު ދެރައެއް ކަމަށެވެ.

އީގަލްސް އަކީ 1970ގެ އަހަރުތަކުގައި އެމެރިކާގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް ބޭންޑެވެ. އެގޮތުން 1976 ވަނަ އަހަރު ނެރުނު ލަވަ "ހޮޓެލް ކެލިފޯނިއާ" ގެ މަޝްހޫރުކަމަށް އަދިވެސް ފަނޑުކަމެއް ނާދެ އެވެ.

ޑޮން ހެންލީ އާއި ބާނީ ލީޑަން އަދި ރޭންޑީ މެއިސްނާއާ އެކު ފްރޭ އީގާލްސް ބޭންޑް އުފެއްދީ 1971 ވަނަ އަހަރު އެވެ.

އީގަލްސް ބޭންޑާ އެކު ފްރޭގެ މިއުޒިކް ކެރިއަރުގައި ހަ ގްރެމީ އެވޯޑް ހާސިލުކޮށް ފަސް އެމެރިކަން މިއުޒިކް އެވޯޑްސް ކާމިޔާބުކޮށްފައިވެ އެވެ.