މިނިސްޓްރީ އޮފް ހެލްތު

ބަލިމީހުން އުފުލުމަށް 13 ލޯންޗު ގަންނަނީ

ހެލްތު މިނިސްޓްރީ އާއި ގަލްފް ކްރާފްޓުން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ: ހެލްތު މިނިސްޓްރީ
0%
0%
0%

އިމަޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށް 13 ލޯންޗު ގަތުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީން ސޮއިކޮށްފި އެވެ.

ލޯންޗް ގަތުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި ގަލްފް ކްރާފްޓުން ވަނީ ސޮއިކޮށްފަ އެވެ. އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ލޯންޗުތައް ހެލްތު މިނިސްޓްރީއަށް ދޭން ޖެހެ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިމަޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމުގެ އިތުރުން މި ލޯންޗްތަކުގައި ލެބޯޓްރީ ސާމްޕަލްތައް އުފުލާނެ އެވެ.

މި ލޯންޗްތައް ގަތުމަށް 31 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ލޯންޗްތައް ގަންނަނީ ވޯލްޑް ބޭންކް އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އެހީގަ އެވެ.

ލެބޯޓްރީ ނެތް ރަށްރަށާއި ބައެއް ޓެސްޓްތައް މިވަގުތު ނުހެދޭ ލެބޯޓްރީތަކުން އެ ޓެސްޓްތައް ހެދޭ ރަށްރަށަށް ސާމްޕަލްތައް ގެންދިއުމަށް މި ލޯންޗްތައް ބޭނުންކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345