ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓު ވެސް ރިސެސްއަށް ދަނީ

ކްރިމިނަލް ކޯޓުވެސް އަންނަ މަހު ރިސެސްއަށް ދާން ނިންމައިފި އެވެ.

އެ ކޯޓުން ބުނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކޯޓު ރިސެސްއަށް ދިޔުމަށް ގާޒީންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ރިސެސްއަށް ދިޔަ ނަމަވެސް ޖިނާއީ ބޮޑެތި މައްސަލަތަކާއި ބަންދާމެދު ގޮތެއް ނިންމުމާއި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓު ރިސެސްއަށް ދާން ނިންމާފައިވާއިރު ޑިސެމްބަރު މަހުން ފެށިގެން ހައި ކޯޓުވެސް ރިސެސްއަށް ދިއުމަށް ވަނީ ނިންމާފަ އެވެ.

ކްރިމިނަލް ކޯޓު ރިސެސްއަށް ދާން ނިންމާފައިވާއިރު ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އެންމެ ފަހު އަޑުއެހުން މިމަހުގެ 30ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.