މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަން އެކްޝަން ޕްލޭންގެ ރިވިއު ފޯރަމް ފަށައިފި

Jan 19, 2016

ކަރެކްޝަނަލް ސާވިސްގެ މި އަހަރުގެ އެކްޝަން ޕްލޭން ރިވިއު ކުރުމުގެ މާފުށީ ޖަލުގައި މިއަދު ފަށައިފި އެވެ.

ކަރެކްޝަނުން ބުނީ މިއީ އެ ސާވިސްގެ ޖަލުތަކާއި ޑިވިޒަންތަކާއި، ޑިޕާޓްމަންޓް ތަކުން މި އަހަރަށް ރާވާފައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް މި އަހަރުގެ އެކްޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތެއް ކަމަށާއި މިއަދު ފެށީ ފޯރަމް ދެ ދުވަހަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

ފޯރަމް ފައްޓަވާ ދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ.

އޭނާ މިއަދު ވިދާޅުވީ އެކްޝަން ޕްލޭނަކީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗަކަށް ވެގެން ނުވާނެކަމަށާއި ޕްލޭން ހަދާއިރު ކަންކަން ޙާސިލް ވާނެ ގޮތަށް ބަލާ އެގޮތަށް ޕްލޭން ތައްޔާރުކުރަން ޖެހޭނެ ކަމަށެވެ.