މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ހޯމް މިނިސްޓްރީގެ ނައިބަކަށް އަޝްރަފް

ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ މިއަދު އައްޔަން ކުރައްވައިފި އެވެ.

އަޝްރަފް ވަނީ ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަގާމުގެ އިތުރުން އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑީންގެ މަގާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަގާމު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން އަޝްރަފަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.

އަޝްރަފް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖް އެންޑް ކަލްޗާ ހާސިލްކުރައްވާފަ އެވެ.