އެޗްޑީސީ

ހުޅުމާލޭގައި ގެސްޓްހައުސްތަކަށް ބީޗެއް ތަރައްގީކުރަނީ

ހުޅުމާލޭގައި ގެސްޓްހައުސްތަކުން ކުރިން ބޭނުންކުރި ބީޗް -- ފޮޓޯ: އަވަސް
0%
0%
0%

ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮސްގެން ބީޗެއް ކަނޑައެޅުމަށް ނިންމައިފި އެވެ.

އެޗްޑީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

ފަތުރުވެރިންނަށް ހާއްސަ ބީޗްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވަނީ ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ސަރަހައްދެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ބީޗެއް ހަދައިދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް އެދިވަޑައިގެންފައިވާ ކަމަށާއި އެކަން ކުރަން ނިންމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރިއެރުވުމަށް ްއެހީތެރިވެ ދިނުމުގެ ގޮތުން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގެސްޓްހައުސް ތަކަކީ ވަރަށް ބޮޑު ހިއްސާއެއްވާ ވިޔަފާރިޔތަކެކެވެ.

"މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މުހިންމުކަމަކަށް ވުމުން، މިފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި މި ކޯޕަރޭޝަނުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ.

ހުޅުމާލޭގައި ފުރަތަމަ ފިޔަވަހީގައި އެންމެ ގިނަ ގެސްޓްހައުސްތައް ހިންގާ ސަރަހައްދުގައި އޮތް ބީޗް ގެސްޓްހައުސްތަކުން ކުރިން ބޭނުންކުރި އެވެ. ނަމަވެސް އާންމުން ހިތްހަމަޖައްސާލުމަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީކުރަން އެޗްޑީސީން ފަހުން ނިންމުމާ ގުޅިގެން ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ބީޗެއް މިވަގުތު ނެތެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910