ޓެކްސީގެ ހިދުމަތް

ޓެކްސީ ޑްރައިވަރުންނަށް ތަމްރީން ޕްރޮގްރާމެއް

ޓެކްސީ ދުއްވާ މީހުން އެއްގަމު އުޅަނދުގެ ގާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރި ކުރުވުމަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ރޯޑް ފުލުހުން ކުރިއަށް ގެންދިޔަ މި ދެ ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނިކުންނަ ފަރާތްތަކާއި މިހާރުވެސް ޓެކްސީގެ ހިދުމަތް ދެމުންގެންދާ ފަރާތްތައްވެސް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގާރުމުގައި އެކްސިޑެންޓްތަކުގަ އާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ. އަދި އެފަދަ ހާލަތެއްގައި ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި ޓެކްސީކުރުމުގެ ގަވައިދާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވެ އެވެ.

ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމުގައި ޖުމުލަ 145 މީހުން ބައިވެރިވެ 143 މީހުން ތަމްރީން ޕްރޮގްރާމު ނިންމާފައިވެ އެވެ.