ފިނިޕޭޖް

ބެލެރީނާ އަންނަ އަހަރުގެ މާޗްގައި

ކިއާނޫ ރީވްސްގެ "ޖޯން ވިކް" ފިލްމް ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމް އަންނަ އަހަރުގެ މާޗް 24 ވަނަ ދުވަހު ނެރުމަށް ތައްޔާރުވަމުންދާއިރު އެ ފްރެންޗައިޒްގެ ސްޕިން-އޮފް އެއް "ބެލެރީނާ"ގެ ނަމުގައި ހަދަނީ އެވެ.

ބެލެރީނާގައި ލީޑް ރޯލް ކުޅޭނީ އާނާ ޑީ އާމަސް އެވެ.

އާނާގެ ކެރެކްޓާއަކީ "ޖޯން ވިކް: ޗެޕްޓާ 3"ގައި ކުޑަކޮށް ފެނިލި ކެރެކްޓާ އެކެވެ. އެންޖެލިކާ ހިއުސްޓަން "ޖޯން ވިކް" ގައި ކުޅުނު ހިޓްމޭން އޯގަނައިޒޭޝަންގެ ޑައިރެކްޓާގެ ރޯލު އަދާކުރާނެ އެވެ.

ބެލެރީނާގައި އެންޖެލީކާ، އާނާގެ ކެރެކްޓާއަށް ޑާންސާ އަދި އެސަސިންއަކަށް ވުމަށް ޓްރޭނިންދޭ ތަން ފެނިގެންދާނެ އެވެ.

އެންޖެލިކާގެ އިތުރުން އިޔޭން މެކްޝޭންވެސް އޭނާގެ "ޖޯން ވިކް" ގެ ރޯލް އަދާކުރާނެ އެވެ.

ބެލެރީނާގެ ޕްރޮޑަކްޝަން ވަނީ މިމަހު ޕްރާގްގައި ފަށާފަ އެވެ.

މި ފިލްމް ޑައިރެކްޓްކުރާނީ "އަންޑަވާލްޑް"ގެ ޑައިރެކްޓާ ލެން ވައިޒްމަން އެވެ. މި ފިލްމް ނެރޭނީ "ޖޯން ވިކް: ޗެޕްޓާ 4" އަށް ފަހުގަ އެވެ.

ޑެޑްލައިން އިން ރިޕޯޓް ކުރާ ގޮތުގައި "ޖޯން ވިކް"ގެ ޕްރީކުއަލް އެއް "ދަ ކޮންޓިނެންޓަލް"ގެ ނަމުގައި ޕީކޮކް އިން ހަދަމުން އެބަދެ އެވެ. އަދި މި ޕްރީކުއަލް ނެރޭނީ އަންނަ އަހަރު އެވެ.