ދުނިޔެ

އިންތިޚާބުގެ ނަތީޖާއަށް ގޮންޖައްސެވުމުން ބޮލްސޮނާރޯ ޖޫރިމަނާކޮށްފި

ބްރެޒިލްގައި އޮކްޓޯބަރު 31 ގައި ބޭއްވި އާންމު އިންތިހާބުގެ ދެވަނަ ބުރުގައި، ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޖައިރު ބޮލްސޮނާރޯއަށް މަގާމު ދިފާއުކުރެއްވޭ ގޮތެއް ނުވި އެވެ. އޭނާއަށް ލިބިވަޑައިގަތީ ވޯޓުގެ 58 ޕަސެންޓެވެ.

އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ލީޑަރެއް ގޮތުގައި ވާދަކުރެއްވި ބްރެޒިލްގެ ކުރީގެ ރައީސް ލުއީޒް އިންސިއޯ ލޫލާ އެވެ. އޭނާއަށް ވޯޓުގެ 60 ޕަސެންޓް ވަނީ ލިބިވަޑައިގެންނެވި އެވެ.

މި ނަތީޖާ އާންމުވުމާ އެކު ބޮލްސޮނާރޯ ވަކި އެއްޗެއް ވިދާޅުނުވެ ހުންނެވުމަށް ފަހު ލޫލާއަށް މަރުހަބާ ވެސް ދެންނެވި އެވެ. އަދި ސަރުކާރެއް އެކުލަވާލެއްވުމަށް ލޫލާ މަސައްކަތް ފެއްޓެވުމުން ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެހެން ނަމަވެސް، އިންތިހާބުގެ ފަހުން ފާއިތުވި ދުވަސްތަކުގައި ބޮލްސޮނާރޯގެ ޓީމުން ވަނީ އިންތިހާބީ ރޭވުންތަކަށް ފާޑުވިދާޅުވެ އޭނާއަށް އިންތިހާބު ގެއްލި ވަޑައިގަތީ އިންތިޒާމް ކުރުމުގައި ހުރި ދޯހަޅި ކަމުން ކަމަށް ވިދާޅުވެ އެވެ.

އަދި އިންތިހާބު ކެންސަލްކޮށްލައި އަލުން އިންތިހާބެއް ބޭއްވުމަށް ބޮލްސޮނާރޯ ވަނީ އެދިވަޑައިގެންފަ އެވެ.

ބްރެޒިލްގެ އިންތިހާބުތަކާ ބެހޭ ކޯޓުން ބޮލްސޮނާރޯގެ ތުހުމަތަށް ރައްދު ދެއްވައި ސާބިތުކުރެވެން ނެތް ކަމެއްގައި ކޯޓަށް ނެރެވޭނެ އަމުރެއް ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިވަރުން ވެސް ގޮލްސޮނާރޯއަށް އެއްޗެއް ވިސްނިވަޑައި ނުގަތުމުން އައްސިފިލާ ވަރުގެ ޖޫރިމަނާއެއް އޭނާގެ ޕާޓީއަށް ވަނީ އިއްވާފަ އެވެ.

ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި ބައެއް ފޯޓުފޮށީ އިންތިހާބަށް ގެއްލުވާ ގޮތަށް އަދި ނަތީޖާ ބަދަލުކުވިދާ ފަދަ ގޮތަކަށެވެ. މިފަދަ ހާލަތެއްގައި ވޯޓުގެ ސައްކަން ކަށަވަރު ކުރެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮލްސޮނާރޯއަށް ކޯޓުން ދެއްވި ޖަވާބުގައި -- އެކަށީގެންވާ ސާބިތު ގަރީނާ ހުށަހަޅުވައިފި ނަމަ ވޯޓާ މެދު ގޮތެއް ނިންމިދާނެ ކަމަށް އޮތީ ބުނެފަ އެވެ. ކޯޓުން އަދި ބުނީ އިދިކޮޅުން ވެސް ވޯޓުލީ ތިޔަބުނާ ނިޒާމުގެ ތެރެއިން ކަމަށް ވާއިރު އެހެން އެއްވެސް ބަޔަކަށް އެކަން މައްސަލައަކަށް ނުވާ ކަމަށެވެ.

ކޯޓުން އެދުނު ފަދަ އޯޑިޓެއް މުއްދަތު ހަމަވިއިރު ވެސް ބޮލްސޮނާރޯގެ ޓީމަށް ވަނީ ހުށަނޭޅިފަ އެވެ.

އިލެކްޝަނާ ބެހޭ ކޯޓުން ބުނީ ބޮލްސޮނާރޯގެ ހުށަހެޅުމަކީ ހެޔޮ ނިޔަތެއްގައި ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ބޮލްސޮނާރޯ މަސައްކަތް ކުރެއްވީ އާންމުގެ މެދުގައި ފިތުނަ އުފައްދަވައި ސަރުކާތުގެ މުއްސަސާތަކަށް އާންމުގެ އޮތް އިތުބާރު ގެއްލުވާލެއްވުމަށް ކަމަށެވެ.

މި ސަބަށްޓަކައި ކޯޓުން ވަނީ ބޮލްސޮނާރޯގެ ލިބެރަލް ފެކްޝަން 4.3 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް މި ފައިސާ ދެއްކުމަށް ދާންދެން ސަރުކާރުގެ ފަންޑުތައް ހުއްޓާލަން އަންގާފަ އެވެ.