ދުނިޔެ

ޕާކިސްތާނާއި އަޒަރުބައިޖާނާ އެކު ތުރުކީން ގުޅުން ބަދަހިކުރާނެ: އުރުދުޣާން

ޕާކިސްތަނާއި އަޒަރުބައިޖާން އަކީ ތުރުކީއަށް އަޅާނުލައި ދޫކޮށްލެވޭނެ ދެ ގައުމު ނޫން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެވެ.

އޭނާ އަދި ވިދާޅުވީ ތުރުކީ އާއި ޕާކިސްތާން އަދި އަޒަރުބައިޖާން އަކީ ޒަމާނުއްސުރެ ގާތްކަން ހިއްސާކުރާ ތިން ގައުމު ކަމަށެވެ.

ތުރުކީގެ އިސްތަންބޫލްގައި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާއެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރުދުޣާން ވިދާޅުވީ ސަރަހައްދީ އެއްބާލުންތަކުގައި އަދި ބައިނަލްއަގުވާމީ ދާއިރާތަކުގައި ވެސް ތިން ގައުމުގެ ވިސްނުން އެއްގޮތް ކަމަށެވެ.

ޕާކިސްތާނަށް ޚާއްސަކޮށް އަލިއަޅުވާލައިވައި އުރުދުޣާން ވިދާޅުވި ގޮތުގައި ޕާކިސްތާނަށް އިސްކަންދީގެން ތުރުކީން ތަރައްގީގެ ޕްރޮޖެކްޓްތަކެއް ހިންގާ ކަމަށެވެ.

ތުރުކީ އާއި ޕާކިސްތާން އަސްކަރީ ސިނާއަތުގައި ވެސް ގުޅިގެން މަސައްކަތްކުރައްވާ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. އަދި ދެގައުމު ގުޅިގެން އަސްކަރީ އުޅަނދު ބަނުމަށް ހިންގާ ޕްރޮގްރާމަށް ވެސް އޭނާ އަލިއަޅުއްވާލެއްވި އެވެ.

އަވަށްޓެރި އަފްޣާނިސްތާނާ ބެހޭ ގޮތުން އުރުދުޣާން ވިދާޅުވީ އަފްޣާންގައި ހަމަޖެހުން ގާއިމުކުރުމަށް ޕާކިސްތާނާއި ތުރުކީ އަދި އަޒަރުބައިޖާނުން ވެސް މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމަށެވެ.

އަފްޣާން މަސްރަހު ހަމައަކަށް އެޅުމުގެ މާނަ އަކީ ސަރަހައްދީ ރައްކާތެރިކަން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އަފްޣާން ގައި ތިބި އަޚުންނާއި އުޚުތުންނަށް އަޅާލުން ބޭނުންވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. ތިން ގައުމު އެކުގައި އަފްޣާންއާ މަޝްވަރާކޮށްގެން މަސްރަހު ބަދަލުކުރަން ޖެހިފައި އޮތް ކަަމަށް ވެސް ވިދާޅުވި އެވެ.

އަފްޣާނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ކަށަވަރުކުރުމަށްޓަކައި އދ. އާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތިން ގައުމުގެ ރޭވުމަކީ ތިން ގައުމަށް އޮތް ރޭވުމެއް،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން އަދި ވިދާޅުވީ ޓެރަރިޒަމުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުން ބައިނަލްއަގުވާމީ މަސްރަހަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.