މޯލްޑިވްސް ޕޮލިސް ސާވިސް

މޮސްޓާއަށް ހަމަލާދޭން އުޅުނު މީހާ 30 ދުވަހަށް ބަންދަށް

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އަށް ހަމަލާދޭން އުޅުނިކޮށް ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ މެމްބަރު ނަޝީދަށް ހަމަލާދޭން އުޅުނީ އޭނާ ގެއިން ނިކުމެގެން ސައިކަލަށް އަރަން އުޅެނިކޮށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ނެރުނު އަމުރުގައި ބުނެފައިވަނީ ހައްޔަރުކުރި މީހާގެ މައްޗަށް ކުށްކުރި ކަމަށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.