ލައިފްސްޓައިލް

ހިތްހަލާކުވެފައިވާ ރައްޓެއްސަކު ހަމައަކަށް އަޅުވާނީ ކިހިނެއް؟

ރައްޓެހިންނަކީ އެމީހެއްގެ ދިރިއުޅުމުގައި އެންމެ ހާއްސަ ފަރާތެވެ. ރައްޓެހިންނަކީ އެމީހަކު އަމިއްލައަށް އިހުތިޔާރުކުރާ ބަޔަކަށްވާއިރު، ރައްޓެހިންނާ ކަންކަން ހިއްސާކުރުމުން ލިބޭ ހިންހަމަޖެހުމަކީ އެހެން ކަމަކުން ލިބޭނެ ކަމެއް ނޫނެވެ. ތިމާއަށް ހިތާމައެއް ނުވަތަ އުފަލެއް ލިބޭ ވަގުތު ވެސް އެންމެ ކައިރީގައި ހުންނާނީ ތިމާ ރެއްޓެހިންނެވެ. މީހާގެ ކުރިއެރުމަށާއި ދާންވީ މަގު ވެސް ގިނަ ފަހަރަށް ދައްކައިދެނީ ރައްޓެހިންނެވެ. ރައްޓެއްސަކަށް ހިތާމަ މެދުވެރިވެއްޖެނަމަ އެ ރައްޓިއްސަކު ހަމައަކަށް އެޅުމަށް އެނގެންވާނެއެވެ. ހިތާމައެއް ކުރިމަތިވެއްޖެނަމަ ނުބައި ކަންކަމަށް އަރައިގަތުމަކީ ކައިރި ކަމަކަށްވާއިރު، ހިތާމައެއްގެ ސަބަބުން ރައްޓެއްސަކު ނުބައި ކަމެއް ކުރުމުން ދުރުކޮށްދެވޭނެ ބަޔަކީ ހަމަ ރައްޓެހިންނެވެ. ހިތާމައެއް މެދުވެރިވެ، ހިތްހަލާކުވެފައިވާ ރައްޓެއްސަކު ހަމައަކަށް އަޅުވަން އެނގޭނެ ހެއްޔެވެ؟

1- ބާރަށް ބައްދާލުން

ހިތްހަލާކުވެފައިވާ ރައްޓެއްސަށް ތިމާގެ ކޮނޑު ދޭށެވެ. ހިތް ފުރޭ ވަރަށް ރޯލާށެވެ. ބާރަށް ބައްދާލުމަކީ މުހިންމު ކަމެކެވެ. އޭރަށް އޭނާއާ އެކު މީހަކު ހުރި ކަމުގެ އިހުސާސްކުރެވޭނެއެވެ. އެކަނިވެރިކަން އިހުސާސްއެއް ނުކުރެވޭނެއެވެ.

2- އެކީގައި ހިނގާލަން ދިއުން

ގެއިން ނެރެ، އޭނާއާއެކު ހިނގާލަން ދިއުން ރަނގަޅެވެ. ހިނގުމަކީ ސިކުނޑިއަށް ލުޔެއް ލިބޭ ކަމެކެވެ. އަދި ހިނގާލަންދާ ވަގުތު، އޭނާގެ އުދާސްތައް އަޑު އަހާށެވެ. އޭނާގެ ވާހަކަތައް އަޑުއަހާށެވެ. އޭރަށް ހިތްހަލާކުވެފައިވާ މީހަކަށް ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބޭނެއެވެ.

3- ބޭރަށް ކާން ދިއުން

ކަމެއް ރާވާލައި، ބޭރަށް ކާން ދިއުމަކީ ވެސް ރަނގަޅު ކަމެކެވެ. ގޭގައި އެކަނި ނުބާއްވާ، ބޭރަށް ނެރެ އެކީގައި ތަނަކަށް ކާލަން ގޮސް، ތަފާތު ރަހަތަކުގެ ކެއުން ކެއުމަކީ ހިންހަމަ ޖެހުން ލިބޭނެ ކަމެކެވެ. ބޭރަށް ދިއުމުގެ ބަދަލުގައި އޭނާގެ ގޭގައި އޭނާއަށް އެންމެ ކަމުދާ ކާނާ ތައްޔާރުކޮށްދިނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

4- ފޮނި އެއްޗެހި ކާން ދިނުން

ހިތާމައެއްގައިވާ މީހަކަށް އެންމެ ރަނގަޅު އެއްޗަކީ ފޮނި ކާނާއެވެ. އެހެންކަމުން ބޭރަށް ކާން ދިޔަސް ނުވަތަ ގޭގައި އެއްޗެއް ތައްޔާރު ކުރި ނަމަވެސް ފޮނިކާ އެއްޗެއް ތައްޔާރު ކުރުމަށް ސަމާލުކަން ދޭށެވެ. އަދި އޭނާއާއެކު ފޮނިކާ އެއްޗެހި ކެއުމުގައި ބައިވެރިވާށެވެ.

5- މަޖާ ފިލްމެއް ބަލާލުން

ހުނުމަކީ ރަނގަޅު ފަރުވާއެކެވެ. އުދާސްތަކާއި ހިތާމަތައް ހަނދާން ނެތިކޮށްލާ ކަމެކެވެ. ހޭން ބޭނުންނަމަ އެންމެ ފަސޭހަ އެއް ގޮތަކީ ކޮމެޑީ ފިލްމެއް ބާލާލުމެވެ. އެހެންކަމުން ހިތްހަލާކުވެފައިވާ އެކުވެރިޔާއާއެކު ކޮމެޑީ ފިލްމެއް ބަލާލާ، އޭނާގެ މޫޑް ރަނގަޅު ކޮށްލާށެެވެ.