މޯލްޑިވިއަން

ހުވަދު އަތޮޅަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ

މޯލްޑިވިއަންގެ ބޯޓެއް -- ފޮޓޯ: އަވަސް
0%
0%
0%

ފްލައިދުބާއީ އެއާލައިންގެ ދަތުރުތައް އައްޑޫ ސިޓީގެ ގަން އިންޓާނޭޝަނަލް އެއާޕޯޓަށް އަަންނަ އަހަރު ފެށުމާއިއެކު ގަމުން ކޫއްޑޫއަށް ކުރާ ދަތުރުތައް އިތުރުކުރަން މޯލްޑިވިއަނުން ނިންމައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ ފްލައިދުބާއީގެ ދަތުރުތައް އައްޑޫއަށް ފެށުމާއިއެކު އައްޑޫއަށްދާ ފަތުރުވެރިންނަށް ލަސްނުވެ އެމީހުން ބޭނުންވާ މަންޒިލުތަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ގަމުން ހުވަދު އަތޮޅަށް އިތުރު ދަތުރުތަކެއް ފަށާނެ ކަމަށެވެ.

"އަންނަ ފަތުރުވެރިން އެންމެ ރަނގަޅު ކަނެކްޓިވިޓީ ދިނުމުގެ ގޮތުން ފްލައިޓް ޖައްސާ ގަޑިއަށް ޑޮމެސްޓިކް ފްލައިޓުތައް ބާއްވަން އަޅުގަނޑުމެން މި ނިންމީ،" ޖެނިފާ ވިދާޅުވި އެވެ.

މިގޮތުން އެންމެ ގިނަ ވެގެން ފަތުރުވެރިން މަޑުކުރަންޖެހޭނީ ތިން ގަޑިއިރު ކަމަށާއި އެ ވަގުތުގެ ތެރޭގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށްވެސް ޖެނިފާ ވިދާޅުވި އެވެ. ގަމުން ކޫއްޑޫއަށް ދަތުރުކުރަން ނަގަނީ 40 މިނެޓެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރަކުން ފެށިގެން ފްލައި ދުބާއީގެ ދަތުރުތައް އައްޑޫއަށް ފަށާނެ އެވެ.

އައްޑޫއަށް އެއާލައިންތައް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރައްވަމުން ގެންދަވާ އިނާ މޯލްޑިވްސް ހޮލިޑޭސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ފެބްރުއަރީ ހަތަރަކުން ފެށިގެން 250 މަންޒިލަކުން އައްޑޫއަށް ފްލައިޓުތައް އަންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345