ހަބަރު

ހުވަދޫ- އައްޑޫ ސީޕްލޭން ދަތުރުތަކަށް އެއްބައްވެއްޖެ

Oct 3, 2020
3
މޯލްޑިވިއަންގެ ސީޕްލޭންގެ ބޯޓެއް އައްޑު އަތޮޅުގެ ރަށެއްގެ ބަނދަރުގައި
0%
0%
0%

އައްޑު އަތޮޅާއި ގއ. ގދ. އަތޮޅާ ދެމެދު ސީޕްލޭންގެ ހިދުމަތް ފަށަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

އައްޑު އަތޮޅުގައި ބޭއްވި މި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި އައްޑު އާއި ގއ. ގދ. އަތޮޅަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ. ވަޒީރުންގެ ތެރޭ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ހިމެނި ވަޑައިގަންނަވަ އެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެއްބަސްވުމަށް ފަހު މި ދަތުރުތައް ރަސްމީކޮށް ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ފަށާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ދެ އަތޮޅުގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވެ އިގްތިސޯދު ވެސް ފުޅާ ވެގެން ދާނެ ކަމަށެވެ.

ސީޕްލޭން ދަތުރުތައް އައްޑުއަށް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރަނީ

މޯލްޑިވިއަން އަން އިން ދާދި ފަހުން ވަނީ އައްޑު އާއި ގއ. ގދ. އަތޮޅާ ދެމެދު ކަނެކްޝަން ފްލައިޓުތަކެއް ވެސް ފަށާފަ އެވެ. އޭގެ ބޭނުމަކީ ބޮޑު ދެ އަތޮޅުގެ މެދުގައި އިގްތިސޯދީ ހަރަކާތްތައް އިތުރު ކުރުމެވެ.

އޭއައިއޭގައި ސީ ޕްލޭން ހިދުމަތް ފަށަން ފުރަތަމަ ހަވާލުކުރީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށެވެ. ނަމަވެސް އެކުންފުންޏަށް މި ހިދުމަތް ދެވޭ ގޮތް ވަނީ ނުވެފަ އެވެ.

މީގެ އިތުރުން އައްޑު ސިޓީ އާއި ފުވައްމުލަކާއި ދެމެދު ވެސް ގަވާއިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމަށް އައިލެންޑް އޭވިއޭޝަނާއި އިކޮނޮމިކް މިނިސްޓްރީން ދަނީ މަޝްވަރާ ކުރަމުންނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތަމެންދޯ

އަައްޑު އާއި ހުވަދުއާއި ދެމެދު ސީޕްލޭން ދަތުރު ކުރަން ބަލާއިރު އެއީ ވަރަށް ދުރު ދޭތެރެ އެއް އައްޑޫ ކަނޑު ހުރަސް ކޮށް ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅު ހުރަސް ކުރަން ޖެހޭއިރު ތިޔާ ދަތުރަށް ދާނެ މުޅި ވަގުތަށް ވުރެން ޚަރަދު ކުޑަވާނެ ޑައިރެކްޓް ކޮށް ހުވަދޫން މާލެ އަށް އައުން ވެސް ދެން ތިޔާ އައްޑޫން ހުވަދު އަށް ދަތުރު ކުރަނީ އެއީ އައްޑޫން ހުވަދޫ އަށް ގެސްޓުން އުފުލަންތޭ އެކަން ނުވާނެ ފީސްބްލް ކަމަކަށް ނުވާނެއޭ އެއްގޮތަކަށް ވެސް ނުވާނެއޭ މިހާރުވެސް ގެއްލުމުގައި ހިންގާ ތަނެކޭ އައްޑޫ އެއާރޕޯރޓްސް ކޮމްޕެނީ އަކީ އައްޑޫ އަކު އިގްތިސާދީ މަސައްކަތް ތަކެއް ނުކުރެވޭނެއޭ ފުރަތަމަ ޕާރޓޭންނާއި ވަގުން ގެ ކިބައިން ދޯ ތިޔާ އަތޮޅު ސަލާމަތް ކުރަންވީ...

ގައުމީ ލޯބި

އައްޑޫ ވިއްކި ބައިގަނޑު އެންމެ 200 މިލިޔަން ޑޮލަރަށް އިންޑިޔާއަށް އައްޑޫވިއްކާފައި ކޮން ބޮޑެއްކަނޑާކަށް

ނުވާނެއޭ

ކޮންމެ ކަމެއް އައްޑޫގައި ކުރި ނަމަވެސް އައްޑޫ ތަރައްގީ އެއް ނުވާނެއޭ މަމެން ތަމެންނަށް ލިޔެ ސޮއި ކޮށްފައި ދޭނަމޭ އައްޑޫ އަށް ގދ. އިން ދަތުރު ކޮށް ފައި ނުދާނެއޭ ގެސްޓުން އެމެން ދަތުރު ދިގު ވި ނަމަވެސް އެމެން އަންނާނީ މާލެ އަށޭ އައްޑޫ އަކީ އެއީ ރާއްޖޭގެ އިންޑިއާ އޭ އެތަނަށް ދާނެ މީހަކު ނުވާނެއޭ...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345