އަހުމަދު ނިހާން ހުސައިން މަނިކު

އިތުރު ފަރުވާއަށް ނިހާން އިންޑިއާއަށް

ފުއްޕާމޭގެ ފަރުވާ އަކަށް ވިލިމާފަންނު ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު، އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާ އަށް ފުރާ ވަޑައިގަންނަވައިފި އެވެ. ނިހާން ފުރާ ވަޑައިގެންނެވީ މިއަދު ހެނދުނު 8:30 ހާއިރު އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އިތުރު ފަރުވާ ހޯއްދެވުމަށް މެންބަރު ނިހާން ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. އަދި ފުރާ ވަޑައިގެންނެވ އިރު ހާލުކޮޅުވެސް ރަނގަޅު ކަމަށެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަވަސް އަށް ވިދާޅުވީ، ނިހާން ފުރާ ވަޑައިގެންނެވީ ފުއްޕާމޭގެ ފަރުވާއަކަށް ކަމަށާއި އެމަނިކުފާނު ފަރުވާ ހޯއްދަވާނީ އިންޑިއާގެ މެޑްރާސްގެ ހޮސްޕިޓަލަކުން ކަމަށެވެ.

މެޔަށް ތަދެއް އަރައި ނޭވާލުމުގެ ދަތިތަކަކާ ކުރިމަތިވުމުގެ ސަބަބުން ނިހާނު އޭޑީކޭގައި އެޑްމިޓްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭޑީކޭގައި އެޑްމިޓްކުރުމަށްފަހު ހާލު ދެރަވާން ފެށުމުން އޭޑީކޭއިން ވަނީ ނިހާން އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދީފަ އެވެ.

މެންބަރު ނިހާން މިއަދު އިންޑިއާއަށް ފުރާވަޑައިގެންނެވި އިރު އެމަނިކުފާނުގެ އަރިހުގައި އާއިލާގެ ބައެއް ބޭފުޅުންގެ އިތުރަށް އޭޑީކޭގެ ޑޮކްޓަރަކުވެސް ވަޑައިގެންނެވި އެވެ.