ބޮލީވުޑް

"ގަންގޫބާއީ ކަތިއާވަޅީ" އޮސްކާ އާއި ބަފްޓާއަށް

ބާންސާލީ އާއި އާލިއާ
0%
0%
0%

މިއަހަރުގެ ބަފްޓާ އެވޯޑުގައި އެކި ކެޓަގަރީތަކުން ވާދަކުރުމަށް ހުށަހަޅާފައިވާ ފިލްމުތަކުގެ ތެރޭގައި ހިންދީ ފިލްމު "ގަންގޫބާއީ ކަތިއާވަޅީ" ހިމެނެ އެވެ. ސަންޖޭ ބާންސާލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އާލިއާ ބަޓްގެ އާދަޔާހިލާފު މޮޅު އެކްޓިން ދައްކާލާފައި ވެއެވެ.

ބަފްޓާ އެވޯޑަށް މި ފިލްމު ހުށަހަޅާފައިވާއިރު ލަންޑަނަށް ގޮސް ހުރެގެން ބާންސާލީ މިހާރު ވަނީ މި ފިލްމަށް އެވޯޑުތައް ހޯދުމުގެ ބޮޑު ކެމްޕޭނެއް ފަށާފަ އެވެ. އަދި އޭނާގެ 25 އަހަރުގެ ކެރިއަރުގެ ވާހަކަތައް ލަންޑަންގައި އޭނާ ގެންދަނީ ކިޔައިދެމުންނެވެ.

ލަންޑަންގައި އެކި ދުވަހު އެކި އިވެންޓްތަކުގައި "ގަންގޫބާއީ"ގެ ކެމްޕެއިން ބާންސާލީ ކުރިޔަށް ގެންދާއިރު ބަފްޓާ އެވޯޑަށް މި ފިލްމު ގިނަ ކެޓަގަރީތަކަކުން ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު، އެޑަޕްޓެޑް ސްކްރީންޕްލޭ، އެންމެ މޮޅު ބަތަލާ، އަދި އިނގިރޭސި ނޫން ބަހަކުން އުފައްދާފައިވާ ފިލްމުތަކުގެ ކެޓަގަރީ ހިމެނެ އެވެ.

"ގަންގޫބާއީ ކަތިއާވަޅީ" ހިފައިގެން ދެން ބާންސާލީ ދިއުމަށް ހަމަޖެހިފައިވަނީ ލޮސް އެންޖަލިސް އަށެވެ. އެއީ އޮސްކާ އެވޯޑަށް ހުށަހެޅުމަށްޓަކައި ކުރަން ޖެހޭ ކެމްޕެއިން ފެށުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345