ބޮލީވުޑް

"ގަންގޫބާއީ"ގެ ހައްގު ކްރެޑިޓް އާލިއާއަށް ނުލިބޭ: ވިދްޔާ

އާލިއާ ބަޓް "ގަންގޫބާއީ"ގައި ދައްކާފައިވަނީ އާދަޔާޚިލާފު މޮޅު އެކްޓިން އެއް
0%
0%
0%

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރި "ގަންގޫބާއީ ކަޓިއާވަޅީ"ގެ ހުރިހާ ކްރެޑިޓެއް ޑައިރެކްޓަރަށް ލިބުމުން އެއީ އިންސާފެއް ނޫން ކަމަށް މަޝްހޫރު ބަތަލާ ވިދްޔާ ބާލަން ބުނެފި އެވެ.

ފިލްމު ކޮމްޕޭނިއަން ކިޔާ ޓީވީ ޝޯއެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ވިދްޔާ ބުނީ އެފިލްމަކީ އަންހެން ކެރެކްޓާއަށް ޚާއްސަ ފިލްމަކަށް ވެފައި އާލިއާ އެ ފިލްމުގައި ގަންގޫބާއީގެ ރޯލު ކުޅެފައިވާލެއް މޮޅުކަމުން އޭނާއަށް ހައްގު ކްރެޑިޓް ލިބެން ޖެހޭކަމަށް ވިދްޔާ ގަބޫލު ކުރެ އެވެ.

"ގަންގޫބާއީ ކަޓީއާވަޅީގެ ކާމިޔާބުގެ ހުރިހާ ކްރެޑިޓެއް ކީއްވެ ބާންސާލީއަށް ލިބެންވީ. އޭނާއަށް ވުރެ އާލިއާއަށް އެ ކްރެޑިޓް މާ ހައްގު،" ވިދްޔާ ބުންޏެވެ.

ވިދްޔާ އަކީ ވެސް ބަތަލާއިންގެ ކެރެކްޓާއަށް އިސްކަންދޭ ރޯލުތައް ކުޅެން ބޭނުންވާ އަދި އެފަދަ ރޯލުތައް ގިނައިން ކުޅޭ އެކްޓަރެކެވެ. އެހެންވެ މިފަދަ ރޯލުތައް ކުޅޭ ބަތަލާއިންނަށް ހައްގު ކްރެޑިޓް ނުލިބޭ ކަމުގެ ޝަކުވާ އޭނާ އަބަދުވެސް ކުރެ އެވެ.

އާލިއާގެ ފިލްމުތަކުގެ ތެރެއިން މިއަހަރު ރިލީޒްކުރި ތިން ފިލްމަށްވެސް ބޮޑެތި ކާމިޔާބީތަކެއް ލިބިފައި ވެއެވެ. އެގޮތުން އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ގަންގޫބާއީ ކަޓިއާވަޅީ" ވެސް ބޮކްސް އޮފީހުގައި ރަނގަޅު ނަތީޖާއެއް ނެރުނެވެ. އަދި އޭގެ ފަހުން ރިލީޒްކުރި "ޑާލިންގްސް" އާއި "ބްރަމަސްތުރަ" އަށް ވެސް ފުދޭ ވަރެއްގެ ރަނގަޅު ކާމިޔާބެއް ލިބިފައި ވެއެވެ.

މިއަހަރު ތެރޭގައި ބަލިވެ އިނދެ ދަރިއަކު ވިހެއުމަށްފަހު މިހާރު ޗުއްޓީގައި ހުރި އާލިއާ ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ވެސް ވަނީ ކުޅެ ނިމި ރިލީޒްކުރުމުގެ މަރުހަލާގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345