ބޮލީވުޑް

އާލިއާއަށް ފާޑު ނުކިޔާނެ ކަމަށް އެއްކަމެއްވެސް ނުކުރެވޭ!

އާލިއާ ބަޓް
0%
0%
0%

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ 60 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕާޓީއަށް ބާންސާލީގެ ފޭވަރިޓް އެކްޓަރުންގެ ތެރެއިން ރަންވީރު ސިންގް އާއި އާލިއާ ބަޓް ފަދަ ބައެއް ތަރިން ދިޔަ އެވެ. މި ޕާޓީގައި އާލިއާ ބައިވެރިވަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންޓަނެޓުގައި ދައުރުވާން ފެށުމުން ވަރަށް ގިނަ ބަޔަކަށް އެއްކަމެއް ފާހަގަކުރެވި އެކަމާ މެދު ސުވާލު އުފައްދަން ފެށި އެވެ. އެއީ އާލިއާގެ ސިފަޔަށް އައިސްފައިވާ ބޮޑު ބަދަލެވެ.

އެއްބަޔަކު ބުނީ މިހާރު އާލިއާ ހީވަނީ މަލައިކާ އަރޯރާ ހެން ކަމަށެވެ.

އަނެއް ބަޔަކު ބުނީ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަން ޔަގީން ކަމަށެވެ. އަދި އަނެއް ބަޔަކު ޔަގީންކުރާ ގޮތުގައި އޭނާގެ ސިފައަށް ބަދަލު އަންނަ ވަރުގެ 'ކޮންމެވެސް ކަމެއް ކޮށްފި' އެވެ.

މީގެ ކުރިން އާލިއާ ބައިވެރިވި އެވޯޑު ހަފުލާއެއްގައި އޭނާ ހެދުން އަޅާފައި ހުރި ގޮތް ކަމުނުގޮސްގެން ވެސް ވަރަށް ގިނަ ބަޔަކު އެވާހަކަ ދައްކާފައި ވެއެވެ.

ދާދާސަހެބް ޕާލްކޭ އެވޯޑަށް އާލިއާ ދިޔައީ އެއްކުލައިގެ ފޮއްޗެއްގެ ވިދާ ސާޅިއެއް އަޅައިގެންނެވެ.

މި ސާޅިއަށް ކޮމެންޓުކުރި މީހުންގެ ނަޒަރުގައި އެ ކަހަލަ އެވޯޑު ހަފުލާއެއްގައި އަޅަން މި ކަހަލަ ހެދުމެއް ކަމަކު ނުދެ އެވެ. އަދި އާލިއާގެ ޕޯސްޓްޕާޓަމް ޑިޕްރެޝަންގެ މައްސަލަތަކެއް އުޅޭހެން ހީވާ ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345