އުރީދޫ

އުރީދޫ ފުޓުބޯޅަ ފޯރި: ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

އުރީދޫ ފުޓުބޯޅަ ފޯރި ކެމްޕޭނުގެ ދަށުން ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

އާޓިފިޝަލް ބީޗުގައި ހަދާފައިވާ އުރީދޫގެ ފޭން ޒޯނުގައި އިއްޔެ ހަވީރު 4:00 އިން ފެށިގެން ކުރިއަށް ގެންދިޔަ މި ހަވީރުގައި ކުޑަ ކުދިންނާ ގުޅޭ މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ.

ކުޑަކުދިންގެ ހަވީރުގައި ކުރިއަށް ގެންދިޔަ ކުޅިވަރުތައް:

  • މިނީ ގޯލް ޝޫޓް
  • ހެޑިން ޗެލެންޖް
  • ޕެނަލްޓީ ޝޫޓް
  • ޓޫ އޮން ޓޫ ޗެލެންޖް

އުރީދޫގެ މި ހަވީރުގައި އެ ކުންފުނީގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.

ވޯލްޑްކަޕްގެ ފޯރި އިތުރުކުރުމަށްޓަކައި އުރީދޫ އިން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފޭން ޒޯންތައް ގާއިމުކޮށްފަ އެވެ.