އުރީދޫ

ރޭގެ މެޗުގެ ކުރިން އުރީދޫއިން ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

ފީފާ ވޯލްޑް ކަޕްގައި ރޭ އޮތް ސެމީ ފައިނަލް މެޗުގެ ކުރިން އުރީދޫއިން ބޮޑުބެރުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ހަބޭސް ބޮޑުބެރު ގުރޫޕާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް އޮތީ އާޓިފިޝަލް ބީޗުގައި ހަދާފައިވާ ފޭން ޒޯންގައެވެ.

މީގެ އިތުރުން އުރީދޫ އިން ވަނީ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗު ގަތަރުގައި ވަގުތުން ބަލާލުމަށް އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިންނަށް ޓިކެޓް ވެސް ހަވާލުކޮށްފައެވެ.

ދެކޮޅު ޓިކެޓުގެ އިތުރުން ސެމީ ފައިނަލް މެޗު ބެލުމަށް ސްޓޭޑިއަމްގެ ޓިކެޓް އުރީދޫ އިން މި ނަސީބުވެރިންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ. ނަސީބުވެރިން ގަތަރުގައި ހަަތަރު ދުވަހާއި ތިން ރޭ ތިބޭއިރު ފީފާ ވޯލްޑް ކަޕްގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމަށް ފުރުސަތު ލިބޭނެ އެވެ.

ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހްމަދު މައުރޫފް، އަހްމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރު ހާފިޒް ސައީދެވެ.

ލަކީޑްރޯ އަކީ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕޭންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕްގެ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި އުރީދޫ އިން ފެށި ގިނަ ހަރަކާތްތަކާއި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

ލަކީޑްރޯގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރާ އެކު ހާއްސަ ލަވައެއް ވެސް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން އުރީދޫން ވަނީ އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއްވެސް ބާއްވާފަ އެވެ.

ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫ ފަންޒޯންތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.