މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެތީގެ ނެޓްވޯކެއް އަތުލައިގެންފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މައްސަލައިގައި ފުލުހުން ހަ މީހަކު ހައްޔަރުކުރި އިރު އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހާފަ އެވެ. އެގޮތުން 30 އަހަރުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލައިގައި އުމުރުން 36 އަހަރުގެ މީހަކާއި 39 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެއްގެ ބަންދަށް 30 ދުވަސް ޖެހިއިރު އުމުރުން 28 އަހަރުގެ މީހާ އާއި 37 މީހާގެ ބަންދަށް ވަނީ 25 ދުވަސް ޖަހާފަ އެވެ.

ޑްރަގް ނެޓްވޯކްއާއި ގުޅުންހުރި ތަންތަނުން މަސްތުވާތަކެއްޗާއި އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.