ވިޔަފާރި

ސިންގަޕޯ އެއާލައިންސްގެ އެޖެންޓަކަށް މޯލްޑިވިއަން ހޮލިޑޭސް

Jan 20, 2016
  • ސިންގަޕޯ އެއާލައިންގެ ޓިކެޓު ވިއްކާނެ
  • ބައެއް މަންޒިލްތަކަށް ޕެކޭޖުވެސް މިތަނުން ވިއްކާ
  • މިތަން ހުންނަނީ މަޖީދީ މަގު، މ. ރައިވެރިޔާގަ

ސިންގަޕޯ އެއާލައިންސްގެ ޕެސެންޖާ ސޭލްސް އެޖެންޓް (ޕީއެސްއޭ) އަކަށް މޯލްޑިވިއަން ހޮލިޑޭސް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޓްރެވަލް ބިއުރޯ "މޯލްޑިވިއަން ހޮލިޑޭސް" އިން ބުނީ މި ހިދުމަތް ފެށުމާއެކު، ގިނަ ފަސޭހަތަކެއް ލިިބިގެންދާނެ ކަމަށެވެ.

މޯލްޑިވިއަން ހޮލިޑޭސްގެ އޮފިޝަލަކު ވިދާޅުވީ ސިންގަޕޯ އެއާލައިންސްއާ ގުޅިގެން ގިނަ ހިދުމަތް ތަކެއް ދޭނެ ކަމަށެވެ.

"ޓިކެޓު ވިއްކުމާއި ރިޒަވޭޝަން ހެއްދުމުގެ ހިދުމަތް ވެސް ދޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މޯލްޑިވިއަން ހޮލިޑޭސްއަކީ ގިނަ ގައުމުތަކަށް ދަތުރުކުރުމަށް ހާއްސަކޮށްގެން ޓިކެޓު ވިއްކަމުންދެ އެވެ. މީގެ އިތުރުން ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރުމަށް ހާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފުކޮށްފައިވެ އެވެ.

މޯލްޑިވިއަން ހޮލިޑޭސްގެ އޮފީސް ހުންނަނީ މަޖީދީ މަގު، މ. ރައިވެރިޔާގަ އެވެ. ސަރުކާރުގެ ހުރިހާ ދަތުރެއް ވެސް މިހާރު ކުރަން ޖެހެނީ މޯލްޑިވިއަން ހޮލިޑޭް މެދުވެރިކޮށެވެ.