ޑިޒްނީ ޗެނަލްގެ "ލިވް އެންޑް މެޑީ" ސީރީޒްގައި ޑަބަލް ރޯލް ކުޅެގެން ޑޭޓައިމް ގްރެމީ އެވޯޑް ހޯދި ޑަވް ކެމެރަން އަލްބަމެއް ނެރެނީ އެވެ.
އުމުރުން 26 އަހަރުގެ ޑަވް އަކީ ޑިޒްނީގެ "ޑިސެންޑަންޓްސް" ފިލްމުތަކާއި "ހެއަސްޕްރޭ" ފަދަ މިއުޒިކަލް ކުޅެފައިވާ އެކްޓްރެސް އަދި ލަވަކިޔުންތެރި އެކެވެ.
ލިވް އެންޑް މެޑީގެ ސައުންޑްޓްރެކް އިން 2015 ވަނަ އަހަރު ތައާރަފްވި ޑަވް ވަނީ އެ އަހަރު އޭނާގެ ސިންގަލް "އިފް އޮންލީ" "ޑިސެންޑަންޓްސް" ގައި ހިމަނާފަ އެވެ. ޑަވް 2019 ވަނަ އަހަރު ނެރުނު "ބަލްޑްޝޮޓް/ވޭސްޓް" އާއި މިއަހަރު ނެރުނު "ބްރެކްފަސްޓް" އާއި "ބޯއިފްރެންޑް" ވަނީ ކާމިޔާބް ލަވަތަކަކަށް ވެފަ އެވެ.
ޑަވްގެ ޑެބިއު އަލްބަމްގެ ކުރިން މިމަހުގެ ނުވަވަނަ ދުވަހު ނެރެން ހަމަޖެހިފައިވަނީ އެޑްވީން ކޮލިންސްގެ "އަ ގާލް ލައިކް ޔޫ"ގެ ރީމޭކް "ގާލް ލައިކް މީ"އެވެ.
މި ލަވައިގެ ވީޑިއޯގައި ޑަވް، އިންސްޕިރޭޝަން ހޯދާފައިވަނީ 2003 ގައި ނެރުނު "ޗާލީޒް އޭންޖަލްސް: ފުލް ތްރޮޓަލް"ގައި ޑެމީ މޯގެ ކެރެކްޓާއިންނެވެ.
އަލްބަމް ނެރުމުގެ އިތުރުން ޑަވް ވަނީ ސީޑަބްލިއު އިން ހަދާ "ޕަވާޕަފްގާލްސް"ގެ ބަބްލްސްގެ ރޯލަށް ކާސްޓްކޮށްފަ އެވެ.