ވެމްކޯ

ވެމްކޯ އިން ކުނި ނަގަން މީހުން ހޯދަނީ

މާލޭގައި އުފެދޭ ކުނި ނަގައި އުކާލުމުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފި އެވެ.

ވެމްކޯ އިން ކުރި މިމަހުގެ އެއްވަނަ ދުވަހު ކޮށްފައިވާ އިއުލާންގައި ހޯދަން އިއުލާންކޮށްފައިވަނީ 20 މީހުންނެވެ. ކުނި ނަގައި އުކާލުމުގައި އުޅޭ މީހުންނަށް ވެމްކޯގައި ކިޔަނީ ވެށިފާރަވެރިޔާ އެވެ.

ކޮންމެ ވެށިފާރަވެރިޔަކަށް މަހަކު 8،000 ރުފިޔާ އާއި 10،000 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.


ވަޒީފާއަށް އެދި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 12:00ގެ ނިޔަލަށެވެ.

ވަޒީފާއަށް ހޮވޭ މީހުން މަސައްކަތް ކުރަންޖެހޭނީ މާލޭ ސަރަހައްދުގައި ކަމަށް ވެމްކޯ އިން ބުނެ އެވެ.

ވެށިފާރަވެރިކަމުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މއ. ޖަންބުގަސްދޮށުގޭގެ ދެވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ ވެމްކޯގެ ހެޑް އޮފީހުންނެވެ.