ބޮލީވުޑް

"ޑުންކީ" އަށް އެ ނަން ކިޔުނު ގޮތް ޝާހް ރުކް ކިޔައިދީފި

ޝާހްރުކް އާއި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ (ވ)
0%
0%
0%

ހަތަރު އަހަރުގެ ޗުއްޓީއަކަށްފަހު އަނެއްކާވެސް ސްކްރީންތަކުގައި ރަސްކަންކުރަން ޝާޙް ރުކް ޚާން ތައްޔާރުވެއްޖެ އެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ 2018ގައި ރިލީޒްކުރި "ޒީރޯ" އެވެ.

ޝާހް ރުކް އެނބުރި އައިސް ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާނީ "ޕަތާން" އެވެ. އަންނަ ޖެނުއަރީގައި ރިލީޒްކުރާ މި ފިލްމުގައި އޭނަގެ އިތުރުން ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ބައިވެރިވެ އެވެ.

މިހާރު ޝާހް ރުކް ކުރަމުންދަނީ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ "ޑުންކީ"ގެ މަސައްކަތެވެ. މި ފިލްމުގެ ދިގު ޝެޑިއުލް އެއް އޭނަ އާއި ފިލްމު ކުރޫން ވަނީ ސައޫދީ އަރަބިޔާގައި ދާދިފަހުން ފުރިހަމަކޮށްފަ އެވެ.

ސައޫދީގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝާހް ރުކް ވަނީ "ޑުންކީ"އާ ގުޅޭ އިތުރު މައުލޫމާތުތައް ހިއްސާ ކޮށްފަ އެވެ. ޝާހް ރުކް ބުނި ގޮތުގައި މި ފިލްމުގެ ނަން އިނގިރޭސިން ކިޔާނަމަ ކިޔާނީ "ޑޮންކީ" (ހިމާރު) އެވެ. ނަމަވެސް މި ފިލްމު އިންޑިޔާގެ އެ ސަރަހައްދަކަށް ނިސްބަތްވާ ޕަންޖާބު މީހުން ޑޮންކީ އަށް ކިޔަނީ ޑުންކީ އެވެ. ފިލްމަށް "ޑުންކީ" ކިޔާފައި ވަނީ އެހެންވެ އެވެ.

މިއީ ކުޅަދާނަ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އުފައްދާ ފިލްމެއް ކަމަށާއި ފިލްމުގެ ވާޙަކަ ލިޔެފައިވަނީ ވެސް ހަމަ އެހާމެ މޮޅު ދެ ލިޔުންތެރިއެއް ކަމަށްވާ އަބިޖާތު ޖޯޝީ ކަމަށް ޝާހް ރުކް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345