އުރީދޫ

އުރީދޫއިން 28 ސިއްހީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސް އިން ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރުމަށް މިއަހަރު ފެށި ކެމްޕޭންގެ ދަށުން 28 ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފި އެވެ.

އުރީދޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނފައިވަނީ ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތް ކިޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 28 ސިއްހީ މަރުކަޒަކަށް ހެލްތް ކިޓް ހަދިޔާކޮށްފައިވާ ކަމަށެވެ.

މިގޮތުން ހެލްތް ކިޓްތައް ހަވާލުކޮށްފައިވާ ސިއްހީ މަރުކަޒުތަކަކީ ހއ. އަދި ހދ. އަތޮޅުގެ ހުރިހާ ސެންޓަރަކާއި ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒާއި އދ މާމިގިލީ ސިއްހީ މަރުކަޒެވެ.

ސިއްހީ މަރުކަޒުތަކަށް ހަދިޔާ ކުރާ ހެލްތް ކިޓްތަކަކީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރު، ޕަލްސް އޮކްސިމީޓަރު، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރު އަދި ނެބިއުލައިޒާ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަަށް ތައްޔާރުކޮށްފައިވާ ކިޓްތަކެކެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކަށް ވެސް ފެންވަރު ރަނގަޅު ޒަރޫރީ ސިއްހީ ފަރުވާ ލިބުމަކީ ވަރަށް މުހިންމު
ކަމެއް. މި ކިޓްތައް ހަދިޔާކޮށް ސިއްހީ މަރުކަޒުތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، "އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ އިން ވަނީ ކޮވިޑުގެ ހާލަތުގައި ބޭނުންވާ ބައެއް މުހިންމު އާލާތްތައް ހޯދުމަށް ދިވެހި ސަރުކާރަށް 2.5 މިލިއަން ރުފިޔާ ވެސް ހަދިޔާކޮށްފަ އެވެ.