ނިޝާމާ މުހައްމަދުގެ މަރު

ތުހުމަތާ ގުޅިގެން ފިރިމީހާ ފުލުހުންނާ ހަވާލުވެއްޖެ

Dec 10, 2022
އަބޫބަކުރު ފައިސަލް
0%
0%
0%

ހދ. ނޮޅިވަރަމުގައި އަނބިމީހާގެ މަރާ ގުޅިގެން ތުހުމަތުކުރެވޭ ފިރިމީހާ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ނޮޅިވަރަމުގައި މިއަދު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދެވެ. އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް މައުލޫމާތު ލިބެ އެވެ.

ތިން ކުދިންގެ މަންމަ ނިޝާމާގެ މަރާ ގުޅިގެން އޭނާގެ އާއިލާ އިން ނިޝާމާގެ ފިރިމީހާ -- އދ. ފެންފުށްޓަށް ނިސްބަތްވާ އަބޫބަކުރު ފައިސަލް ތުހުމަތުތަކެއް ކުރެ އެވެ.

ނިޝާމާގެ މަރުގެ ހަބަރު މިއަދު ރަށު ތެރެއަށް ފެތުރިގެން ދިޔައިރު ފައިސަލް ހުރީ ހދ. ކުޅުދުއްފުށީގަ އެވެ. އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެ ހަވާލުވީ އެ ސިޓީންނެވެ.

ފައިސަލް އަކީ ނޮޅިވަރަމް ފެނަކަ އޮފީހުގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.

ފައިސަލް ހައްޔަރުކުރިންތޯ އެހުމުން ފުލުހުން އެއްވެސް ނުބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910