ފިނިޕޭޖް

ޓޭލާ ސްވިފްޓް ޑައިރެކްޓަރަކަށް

ޕޮޕް ލަވަކިއުންތެރިޔާ ޓޭލާ ސްވިފްޓް ފީޗާ ފިލްމެއް ޑައިރެކްޓްކުރަނީ އެވެ.

ޓޭލާ ޑައިރެކްޓްކުރާނެ ފުރަތަމަ ފީޗާ ފިލްމަކީ ސާޗްލައިޓް ޕިކްޗާސްގެ ފިލްމެކެވެ. މި ފިލްމުގެ އޮރިޖިނަލް ސްކްރިޕްޓްވެސް ލިޔަނީ ޓޭލާ އެވެ.

ޓޭލާ ލިޔެ އަދި ޑައިރެކްޓްކުރި 14-މިނެޓްގެ ކުރު ފިލްމް "އޯލް ޓޫ ވެލް: ދަ ޝޯޓް ފިލްމް" ޓްރައިބެކާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް 2022 ގައި ވަނީ ދައްކާފަ އެވެ. މި ކުރު ފިލްމްގައި ފެންނަނީ މެނިޕުކޭޓްކުރާ ފިރިހެނަކާއި އަންހެން ކުއްޖަކު ލޯބިވެ، ވަކިވެ އަދި ހިތްހަލާކުވާތަނެވެ.

މި ފިލްމާއި ޓޭލާގެ "ދަ މޭން" ލަވައިގެ ވީޑިއޯއަށް ބެސްޓް ޑައިރެކްޝަނަށް ދެ ވީއެމްއޭ އެވޯޑްސް ލިބިފައިވާއިރު، "އޯލް ޓޫ ވެލް: ދަ ޝޯޓް ފިލްމް" ވަނީ އޮސްކާ އެވޯޑްސްއަށް ވެސް ހުށަހަޅާފައެވެ.

ސާޗްލައިޓްގެ އާ ފީޗާ ފިލްމްގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމް ފެސްޓިވަލްގައި ވާހަކަ ދައްކަމުން ޓޭލާ ބުނީ އަންހެން ޑައިރެކްޓަރުން ކަމުގައިވާ ނޯރާ އެފްރަން، ކްލޮއީ ޒާއޮ އާއި ގްރޭޓާ ގާވިގް އަކީ އޭނާގެ މި ފެށުނު ޑައިރެކްޓަރުގެ ރޯލަށް ނުފޫޒުފޯރުވާފައިވާ ޑައިރެކްޓަރުންނެވެ.

ޓޭލާ ސްވިފްޓަކީ އޭނާގެ ލަވަތަކަށް 11 ގްރެމީ އެވޯޑް ލިބިފައިވާ ލަވަކިއުންތެރިއެކެވެ.