ބޮލީވުޑް

ވިން ޑީސެލް އާއެކު ފިލްމެއް ކުޅޭތީ ދިޕިކާ ހާސްވެފައި

Jan 21, 2016

ބޮލީވުޑްގެ ތަރިންގެ ތެރެއިން ބަތަލާ ދިޕިކާ ޕަދުކޯން އަންނަނީ އޭނާގެ ޖާދޫ މުޅި ދުނިޔެއަށް ދައްކާލުމުގެ ގޮތުން ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް" ކުޅެން ތައްޔާރުވަމުންނެވެ.

"ޓްރިޕްލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް"ގެ ޝޫޓިން އަންނަ މަހުގައ ދިޕިކާ ފެށުމަށް ހަމަޖެހިފައިވާއިރު، އޭނާ ވަނީ ހޮލީވުޑް ފިލްމުން ފުުސަތެއް ލިބުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ނަމަވެސް މުޅިންއާ ބައެއްގެ ތެރެއަށް ދެވޭތީ ހާސްވާ ކަމަށެވެ.

މިދޔަ އަހަރުގެ ފަހުކޮޅުގައި ދިޕިކާ ހޮލީވުޑްގެ ތަރި ވިން ޑީސެލް އާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރުމުން އޭނާ "ޓްރިޕަލް އެކްސް"ގެ ސިލްސިލާގެ ތިން ވަނަ ފިލްމުގައި ފެނިގެންދާނެ ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އެކަން ޔަގީންކޮށްދީފަ އެއް ނުވެ އެވެ.

މިފިލްމުގައ ފެނިގެންދާނެ ކަމަށް ދިޕިކާ ބުނެފައިވަނީ ދިއްލީގައި އޮތް އިވެންޓެއްގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ. މިއިވެންޓްގައި އޭނާ ކުޅޭ ފުރަތަމަ ހޮލީވުޑްގެ ފިލްމާއި ގުޅޭގޮތުން ވާހަކަދައްކަމުން ދިޕިކާ ވަނީ މިފިލްމުން ރޯލެއް އޭނާއަށް ލިިބިފައިވަނީ އޭނާގެ ކިބައިގައި ހުންނަ އިންޑިއާ ވަންތަ ސިފަތަކުގެ ސަބަބުން ކަމަށާއި އެގޮތުން މިފިލްމުގައި ކުޅޭ ރޯލުން އޭނާ ކިބައިގައިވާ އިންޑިއާ ވަންތަކަން ފެނިގެންދާނެ ކަމަށެވެ.

"އަހަރެން މިހިރީ ވަރަށް އުފަލުން. އެކަމަކު ހަމަ ބުނެލަން ބޭނުންވޭ ވަރަށް ހާސްވާކަން. އެންމެ މުހިންމު ކަމަކަށް ވަރަށް ފަހުރުވެރިވޭ މިފިލްމުގައި އަހަރެން އިންޑިއާ މީހެއްގެ ގޮތުގައި ދެއްކުމުގެ ފުރުސަތު ލިބޭތީ" ފުރަތަމަ ކުޅޭ ހޮލީވުޑްގެ ފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން ދިޕިކާ ބުނެފައިވެ އެވެ.

އިތުރަށް މިފިލްމުން ރޯލެއް ލިބުނު ގޮތާއި ބެހޭގޮތުން ވާހަކަދައްކަމުން ދިޕިކާ ވަނީ "ޓްރިޕަލް އެކްސް"ގެ ތިން ވަނަ ފިލްމުން އޭނާއަށް ރޯލެއް ލިބުނީ އޭނާގެ ބެކްގަރްއުންޑްގެ ސަބަބުން ކަމަށާއި އަދި އުންމީދަކީ މިފިލްމުގެ މަސައްކަތްވެސް ވަރަށް ފުރިހަމަވެ، ބެލުންތެރިންގެ ތަރުހީބު ލިބުން ކަމަށެވެ.

މިއަހަރުގައި ބޮލީވުޑް ފިލްމެއް ކުޅެން ދިޕިކާ ސޮއިކޮށްފައިނުވާއިރު، ވޭތުވެދިޔަ އަހަރަކީ އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ލިބިފައިވާ އަދި މޮޅެތި ފިލްމުތައް ކުޅެފައިވާ އަހަރެކެވެ. ވޭތުވެދިޔަ ދެއަހަރު ނިކުތް ދިޕިކާ ހުރިހާ ފިލްމުތައް ހިޓްވެފައިވާއިރު، އޭނާ ވަނީ މިފަދަ ބޮޑު ކާމިޔާބީ އަކީ ކުރާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

މިދިޔަ އަހަރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވެސް ވަނީ މިހާރު ދައްކަމުން އަންނަ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" އިން ރޯލެއް ލިބިފަ އެވެ. އަދި މިހާރު އޭނާ އަށް ވަނީ "ބޭވޮޗް"ގައި ނުބައިބައި ރޯލު ކުޅުމަށްވެސް ހުށަހެޅުން ލިބިފަ އެވެ.