ޓެރަރިޒަމް

ޓެެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި އެކަކު މިނިވަންކޮށްފި

ސަލާމަތީ ބާރުތަކުން މިދިޔަ މަހު ކުރިއަށް ގެންދިޔަ ޓެރަރިޒަމާ ގުޅުން ހުރި އޮޕަރޭޝަންގައި އައްޑޫއިން ހައްޔަރުކުރި 13 މީހުންގެ ތެރެއިން އެކަކު ހައިކޯޓުން މިނިވަންކޮށްފި އެވެ.

ފުލުހުން ތުހުމާތުކުރާ ގޮތުގައި ހައްޔަރުކުރި މީހުންނަކީ ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ބައެކެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދަށު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ ޝަރީއަތް ނިންމީ މި މީހުން ބަންދުގައި ބޭތިއްބުމަށެވެ.

ހައިކޯޓުން މިމަހުގެ އަށްވަނަ ދުވަހު ވަނީ އެކަކު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަޑިޔާރުން ކަމުގައިވާ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީއާ ފަނޑިޔާރު މުހައްމަދު ފައިސަލް އިއްތިފާގުން ނިންމާފައިވަނީ އެމީހާ ބައްދުގައި ބެހެއްޓުމަށް ދަށު ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރުމަށެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އޭނާއާ ދެކޮޅަށް ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން އެ ރިޕޯޓުގައިވާ ވާހަކަތަކަށް ބުރަދަންދޭ އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާތީ މި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކޭ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ޝަރުތުތަކެއް ފުރިހަމަވެ އަދި އެއަށް ބާރު ދޭ އިތުރު ހެއްކާއި ގަރީނާ ހުރެގެންނެވެ.