މުލިއާގޭ ކައިރީ އެއްޗެއް ގޮއްވާލަން އުޅުން

މުލިއާގެ އައިއީޑީ މައްސަލަ: ފަހު މީހާ ސަލާމަތްވެއްޖެ

މުލިއާގެ ކައިރީގައި ސިފައިން ހަރަކާތްތެރި ވަނީ: ހަތް އަހަރު ކުރިން އެ ސަރަހައްދުގައި ބޮމެއް ބޭއްވި މައްސަލައިގައި ޖަލަށްލި އެންމެން ވަނީ ސަލާމަތްވެފައި --- ފޮޓޯ: އަވަސް
0%
0%
0%

މުލިއާގެ ކައިރިން 2015 ވަނަ އަހަރު ފެނުނު އިންޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ތ. ތިމަރަފުށި ވިލާ، ޒިހާން އަހުމަދު ހައިކޯޓުން މިނިވަންކޮށްފި އެވެ.

ދައުލަތުން ޒިހާންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު އޭނާ އާއި އިތުރު ތިން މީހަކު ބައިވެރިވެގެން އައިއީޑީ އެއް ހަދައި، މުލިއާގެ ކައިރި ނޫރާނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރި މަތީގައި އެ އައިއީޑީ ބާއްވާފައިވާ ކަަމަށެވެ.

މިއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ބޭއްވި އައިއީޑީއެއް ކަމަށްވެ އެވެ. މުލިއާގެ ކައިރީ އޮއްވާ މި އައިއީޑީ ފެނިފައިވަނީ އެމަނިކުފާނު ދަތުރުކުރެއްވި ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި އެއްޗެއް ގޮވައި ގައުމު ހަމަބޮލިވެފައި ވަނިކޮށެވެ. އޭރު މިކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކުރި އެވެ.

މުލިއާގެ ކައިރީގައި އައިއީޑީ ބޭއްވި މައްސަލައިގައި ދައުލަތުން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އެއީ ޒިހާންގެ އިތުރުން އެއީ ހއ. ހޯރަފުށި އާރޯ، އަހްމަދު މަމްދޫހު އާއި، ހ. މިޓާޒް ތަލްއަތު މުހައްމަދު އަދި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމް އެވެ.

މުލިއާގެ ކައިރީ ބޮން ބޭއްވި މައްސަލާގައި ކްރިމިނަލް ކޯޓުން ޖަލަށްލި ހަތަރު މީހުން -- އަވަސް ފޮޓޯ

މި މައްސަލައިގައި ހިމެނޭ އުބައިދާއި މަމްދޫހު މިނިވަންކޮށްފައި ވަނީ ހައިކޯޓުންނެވެ. އަދި ތަލްއަތު މިނިވަންކުރީ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، މުލިއާގެ ކައިރިން ފެނުނީ ގޮވާ ޒާތުގެ އައިއީޑީއެއް ކަމާމެދު ވަނީ ސުވާލު އުފައްދައިފަ އެވެ.

ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ތަލްއަތުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ޓެރަރިޒަމްގެ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށާއި، ޒިހާންގެ މައްޗަށް ވެސް އުފުލާފައިވަނީ ހަމަ އެ ދައުވާ ކަމަށެވެ. އެހެންކަމުން އެ ނިންމުމަށް ރިއާޔަތްކުރާއިރު ޒިހާންގެ މައްޗަށް ވެސް ދައުވާ ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ. އެހެންކަމުން ހައިކޯޓުން ވަނީ ޒިހާން މިނިވަން ކުރުމަށް ހުކުމްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މި މީހުންގެ މައްޗަށް ކޮށްފައި ވަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345