ހަބަރު

މުލިއާގެ ކައިރީގައި ބޮން ބޭއްވި މައްސަލާގެ ޝަރީއަތް މާދަމާ ފަށަނީ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިފައިން މަގުމަތީ ހަރަކާތްތެރިވަނީ. މޫޑީސް އިން ބުނީ އިގުތިސާދީ ދުވެލި މަޑުޖެހޭނެ ކަަމަށް- އަވަސް ފައިލް ފޮޓޯ
0%
0%
0%

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި މުލިއާގޭ ކައިރީ ގޮއްވާލަން ބާއްވާފައި އޮތް އައިއީޑީގެ މައްސަލާގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލްކޮށްފި އެވެ. މި މައްސަލާގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރަށެވެ.

މުލިއާގެ ކައިރީގައި އައިއީޑީ ބޭއްވި ކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ހއ. ހޯރަފުށި، އާރޯ، އަހުމަދު މަމްދޫހު އާއި ތ. ތިމަަރަފުށި، ވިލާ، ޒިހާން އަހުމަދާއި މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމް އަދި ހ.މިޓާޒް ތަލްއަތު މުހައްމަދުގެ މައްޗަށެވެ.

ޕީޖީ އިން ބުނެފައިވަނީ، އެކެއްގެ މައްޗަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި ބާކީ ތިބި ތިން މީހުންނަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ ކަމަށް ޕީޖީ އިން ބުންޏެވެ. އެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގަ އެވެ. މި ހަތަރު މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ދެވަނަ ދުވަހުގައި މުލިޔާގޭ ކައިރިން ފެނުން އައިއީޑީއާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު އޭރު ވިދާޅުވެފައިވަނީ އެ ބޮން ގޮއްވައިލެވުނު ނަމަ 60 ފޫޓުގެ ބޮޑު އަލިފާން ގަނޑެއް އުފެދި އެތައް ބައެއްގެ ފުރާނެ ގެއްލުން އެކަށީގެންވާ ކަމަށެވެ. އަދި އެހަމަލާއަކީ ސީދާ ރައީސް އަވަހާރަކޮށްލަން ދޭން ރޭވި ހަމަލާއެއް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345