ނިޝާމާ މުހައްމަދުގެ މަރު

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވަން ތައްޔާރުވަނީ

ނިޝާމާ މުހައްމަދު--
0%
0%
0%

ހދ. ނޮޅިވަރަމްގައި މިދިޔަ ހޮނިހިރު ދުވަހު މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ނިޝާމާގެ ހަށިގަނޑު ވަނީ ހޮނިހިރު ދުވަހު ނޮޅިވަރަމުން ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު މާލެ ގެނެސްފަ އެވެ.

އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވާ ފެނުނު އިރު ހަށިގަނޑުގެ ބޭރު ފުށުން މާބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށް އެރަށުން އަވަސް އަށް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ. ނަމަވެސް ނިޝާމާގެ ކަރުގައި އަނިޔާގެ ކޮންމެވެސް ނިޝާނެއް ހުރި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނިޝާމާގެ ފިރިމީހާ އދ. ފެންފުށީ، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލްގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

ނިޝާމާ މަރުވިކަން އާއިލާ އަށް އެނގުނީ ފައިސަލް އޭނާގެ ފޭސްބުކް ޕޭޖުގައި އިއްޔެ ޕޯސްޓް ކުރި ފޮޓޯތަކެއްގައި ނިޝާމާ ބުރުގާ ނާޅާ ހުރި ފޮޓޯތަކެއް ހިއްސާކުރުމުން މި ދެމީހުންނަށް ފޯނުކޮށްގެން އެކަކުވެސް ފޯން ނުނެގުމުން އާއިލާގެ ބަޔަކު ނިޝާމާ އުޅޭ ކޮޓަރި ބެލުމުންނެވެ. އާއިލާގެ މީހުން ކޮޓަރި ހުޅުވީ ވެސް ދޮރު ހަލާކުކޮށްލައިގެންނެވެ.

ތިން ކުދިންގެ މަންމަ ނިޝާމާގެ މަރުގެ ހަބަރު އިއްޔެ ރަށު ތެރެއަށް ފެތުރިގެން ދިޔައިރު ފައިސަލް ހުރީ ހދ. ކުޅުދުއްފުށީގަ އެވެ.

ފުލުހުން ފައިސަލް ހައްޔަރުކުރީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެ ހަވާލުވުމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910