ބޮލީވުޑް

ރަންބީރު ގަބޫލުކުރަނީ "ބޮމްބޭ ވެލްވެޓް" ފްލޮޕް ވާންޖެހޭ ކަމަށް

"ބޮމްބޭ ވެލްވެޓް"ގެ ޕޯސްޓަރެއް
0%
0%
0%

ރަންބީރު ކަޕޫރު ކުޅެފައިވާ "ބޮމްބޭ ވެލްވެޓް" އަކީ ކަމުދާ ފިލްމެއް ނޫންކަމަށް އޭނާ ވެސް އެއްބަސްވެއްޖެ އެވެ.

މި ފިލްމާ ބެހޭ ގޮތުން ރަންބީރު ވާޙަކަ ދެއްކީ ސައޫދީ އަރަބިޔާގެ ޖިއްދާގައި ކުރިއަށް ދިޔަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގަ އެވެ.

އަނޫރާގު ކަޝޭޕް ޑައިރެކްޓްކޮށް 2015ގައި ރިލީޒްކުރި "ބޮމްބޭ ވެލްވެޓް" ކުޅުނުއިރު އެއީ އަޖައިބެއް ކަހަލަ މޮޅު ފިލްމެއް ކަމަށް އޭނާ ހީކުރި އެވެ. ނަމަވެސް ފިލްމު ރިލީޒްކުރި ފަހުން އެއީ ކަމުދާ އެއްޗެއް ނޫންކަން އިހްސާސް ވިއެވެ.

ރަންބީރު ބުނި ގޮތުގައި "ބޮމްބޭ ވެލްވެޓް" ފްލޮޕްވީ ހަމަ އެހެން ދިމާވާން ޖެހޭތީ އެވެ. އެހާވެސް އެ ފިލްމު ފީކަޅަ އެވެ. ފިލްމުގެ ފީކަޅާ ވާހަކަ ރަންބީރު ދައްކަމުން ދަނިކޮށް އޭނާގެ ވާހަކައަށް ހުރަސް އަޅަމުން ފޭނަކު ބުނީ އެ ފިލްމު ފްލޮޕްވީ ކަރަން ޖޯހަރްއާ ހެދި ކަމަށެވެ. "ބޮމްބޭ ވެލްވެޓް"ގައި ކަރަން މުހިއްމު ކެރެކްޓާއެއް ކުޅުނެވެ.

ފޭންގެ މި ވާހަކައަށް ރަންބީރަށް ހެވުނެވެ. ނަމަވެސް ހަމަޖެހިލާފައި ބުނީ ފިލްމު ފްލޮޕް ވުމުން ޕްރޮޑިއުސަރު، ޑައިރެކްޓަރު ނުވަތަ ނުބައިބައި ކުޅޭ މީހާގެ ބޮލުގައި އޭގެ ޒިންމާ އެޅުވުން ރަނގަޅު ނޫން ކަމަށާއި ފިލްމުގައި ބައިވެރިވި އެންމެން އެއްވަރަކަށް ޒިންމާ ވާން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރަންބީރު ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެ ފިލްމެއް ފްލޮޕްވެގެން އެންމެ ދެރަވި އެއް ފިލްމަކީ "ޖައްގާ ޖާސޫސް"ކަމަށް އޭނާ ބުންޏެވެ. ސަބަބެއް ކަމަށް ބުނީ އެއީ އޭނާ ވަރަށް ލޯތްބާ އެކު އުފެއްދި ފިލްމަކަށް ވާތީ އެވެ. އަދި "ޖައްގާ ޖާސޫސް" އާއި "ތަމާޝާ" ފަދަ ފިލްމުތައް ފްލޮޕްވީ ސަބަބު މިހާރު ކޮންމެވެސް ވަރަކަށް އެނގިއްޖެ ކަމަށް ރަންބީރު ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345