ބޮލީވުޑް

ދަރިފުޅާއެކު ވަގުތު ހޭދަކުރަން ރަންބީރު ޗުއްޓީއަށް

ރަންބީރު އާއި އަންހެނުން އާލިއާ ދަރިފުޅު ގޮވައިގެން
0%
0%
0%

ރަންބީރު ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ތޫ ޖޫޓީ މައި މައްކާރް" މިއަދު ވަނީ ރިލިޒްކޮށްފަ އެވެ. އަދި ކްރިޓިކްސް އާއި ފިލްމު ބެލި މީހުންގެ ތެރެއިން ގިނަ ބަޔަކު މި ފިލްމަށް ދަނީ ތައުރީފުކުރަމުންނެވެ.

ޚާއްސަކޮށް ރަންބީރުގެ އެކްޓިން އެންމެންނަށް ވެސް ވަރަށް ކަމުގޮސްގެން އެ ވާހަކަ ދަނީ ދައްކަމުންނެވެ.

ރަންބީރު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރެއިން މިހާރު ނުނިމިއޮތް ހަމައެކަނި ފިލްމަކީ "އެނިމަލް" އެވެ.

ރަޝްމިކާ މަންދާނާ އާއެކު އޭނާ ކުޅޭ މި ފިލްމުގެ ޝޫޓިން ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ.

"ތޫ ޖޫޓީ މައި މައްކާރް" ރިލީޒްކުރުމާ ދިމާކޮށް ރަންބީރު ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި "އެނިމަލް"ގެ ޝޫޓިން ނިމުމުން އޭނާ ދިގު ޗުއްޓީއެއް ނަގަން ވަނީ ނިންމާފަ އެވެ. އެހެންވެ މިވަގުތު އިތުރު ޕްރޮޖެކްޓެއްގައި ސޮއިކުރުމުގެ ވިސްނުމެއް ނެތެވެ.

"އަހަރެން މިއަހަރު އަދި އެއްވެސް ފިލްމެއް ކުޅެން ސޮއެއް ނުކުރަން. އަދި 'އެނިމަލް' އަށް ފަހު ޗުއްޓީއެއް ނަގަން ވަނީ ނިންމާފަ. އެއީ އިންޑަސްޓްރީގައި އަހަރެންނަށް މިހާރު މި ހުރެވޭ މަގާމު ވަޒަންކޮށްލަންވެގެން،" ރަންބީރު ބުންޏެވެ.

ރަންބީރު ބުނި ގޮތުގައި އޭނާ ޗުއްޓީ ނަގަން ބޭނުންވާ ދެވަނަ ސަބަބަކީ ދަރިފުޅު ރާހާއާ އެކު ވަގުތު ހޭދަކުރެވޭލެއް މަދުވާތީ އެވެ. އެންމެ މަދުވެގެން ވެސް ހައެއްކަ މަހުގެ ޗުއްޓީއެއް ނަގައިގެން ދަރިފުޅާއެކު ހުރިހާ ވަގުތެއް ހޭދަކުރަން ނިންމާފައިވާ ކަމަށް ރަންބީރު ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345