މާލޭގެ ވޯކްޝޮޕެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެވެ.
މިހާދިސާ މިރޭ 8:30 ހާއިރު ހިނގީ ހެންވޭރު ރަތްވިލާ މަގުގައި ހުރި ވޯކްޝޮޕެއްގަ އެވެ.
ފުލުހުން ބުނީ އަލިފާން ރޯވިތާ ކުޑައިރުކޮޅެއް ފަހުން ނިއްވާލާފައިވާ ކަމަށެވެ.
މިހާދިސާގައި ފިހުނީ ދިވެހި ފިރިހެނެކެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
ފިހުނު މީހާ އަށް ލިބުނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.