ދ. ކުޑަހުވަދޫ ކައިރިން ދަތުރު ކުރަމުން ދަނިކޮށް އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ ދޯނި އަޑިއަށް ދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިިކޮށެވެ.
މިހާދިސާ ހިނގި ވަގުތު ދޯނީގައި ހަ މީހުން ތިބި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށްވެސް ބުންޏެވެ.
މިހާދިސާ މިއަދު ހެނދުނު ހިނގަން މެދުވެރި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.