މޯލްޑިވްސް ޕޮލިސް ސާވިސް

ކާރެއްގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހުން ބަންދު އިތުރުކޮށްފި

ކާރުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން
0%
0%
0%

ކާރެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ބަންދު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ސިނަމާލެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ފަހު، އެ މުއްދަތު ހަމަވެގެން އިތުރު 15 ދުވަހަށް ދެ މީހުންގެ ބަންދުވަނީ ކުރިން އިތުރުކޮށްފަ އެވެ.

ކާރު ރޯކޮށްލި ކަމުގެ ތުހުމަތުގައި މި ދެ މީހުން ހައްޔަރުކުރީވެސް ކޯޓު އަމުރަކަށެވެ. އެ މީހުންގެ ބަންދަށް މި ފަހަރު ޖެހީ 10 ދުވަހެވެ.

ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯނުގައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި ހައްޔަރުކުރީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު 35، އާއި އދ. މާމިގިލީ، ބްލޫވިންޑް ހަސަން ނަސީމް 31، އެވެ.

މި މީހުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ކާރުގައި ރޯކޮށްލާފައިވަނީ ދެ ބައެއްގެ މެދުގައި ހިނގި ދެބަސްވުމަކާ ގުޅިގެންނެވެ. ކާރުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް އެ ކާރުވަނީ އަނދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910