ދުނިޔެ

"އދގެ ސަލާމަތީ މަޖިލީހުގައި ރަޝިއާއަށް ފުރުސަތެއް ނެތް"

އދ. ގައި ހުންނަވާ ރަޝިއާ ސަފީރު ގަރާރަކަށް ވޯޓު ދެއްވަނީ
0%
0%
0%

އދ. ގެ ސަލާމަތީ މަޖިލީހުން ރަޝިއާ ވަކިކުރުރެވޭނެ ގޮތެއް އޮތްތޯ އެމެރިކާއިން ބަލަން ފަށައިފި އެވެ. މިކަމަށްޓަކައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރަކު ބުދަ ދުވަހު ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ.

މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އަދުގެ މަސްރަހު އޮތް ގޮތުން ސެކިއުރިޓީ ކައުންސިލް ފަދަ އދގެ މުހިންމު ގުނަވަނެއްގައި ރަޝިއާ ޝާމިލުވުމަކީ އދ. ގެ މަސްލަހަތާ ފުށުއަރާ ކަމެކެވެ.

ޓެނެސީ ތަަމްސީލް ކުރައްވާ ސްޓީވް ކޯހެން އާއި ސައުތު ކެރޮލައިނާގެ ޖޯ ވިލްސަން ހުށަހެޅުއްވި ގަރާރު ބުނާ ގޮތުން ރަޝިއާ ވަނީ އދގެ މަގުސަދުތަކާއި އަސާސްތަކާ ފާޅުކަން ބޮޑު ގޮތެއްގައި ތަކުރާރުކޮށް ހިލާފުވެފަ އެވެ.

މިފަދަ ގަރާރެއް ތައާރުފުކުރުމުގެ ބޭނުމަކީ އދގެ ސަލާމަތީ މަޖިލީހުގައި ރަޝިއާ އަށް މިހާރު ލިބިފައިވާ އޮންނަ ހައްގުތަކާއި އިމްތިޔާޒުތައް ހަނިކުރުމެވެ.

މިއީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ރައީސް ޖޯ ބައިޑަންއަށް އަރުވާ ލަފަ އެކެވެ. މި ލަފާގައި ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެމެރިކާގެ ބައިވެރިންގެ އެހީތެރިކަން ހޯއްދެވުމަށް ވެސް އޮތީ ހުށަހަޅުއްވާފަ އެވެ. އަދި އެކުވެރިންގެ އެހީގައި އދ. ސަލާމަތީ މަޖިލީހުން ރަޝިއާ ސަސްޕެންޑް ކުރުމަށް ވެސް އޮތީ އެދިފަ އެވެ.

އދ. ގައި ރަޝިއާ ބައިވެރިވާ އެހެނިހެން ކައުންސިލްތަކާއި ޖަމިއްޔާތައް އަދި ގުޅުން ހުރި އެޖެންސީތަކުން ރަޝިއާ ބަންދުކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345