ވިޔަފާރި

އެމްޑަބްލިޔުއެސްސީ އިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އެމްޑަބްލިޔުއެސްސީ އިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

މިހަވީރު އޮންނާނީ މާދަމާ ހަވީރު ހަތަރަކުން އަށަކަށް ޖުމްހޫރީ މައިދާނުގަ އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ މިއީ ކުޑަކުދިންނަށް އުފާވެރި މާޙައުލެއްގައި އާއިލާއާއި އެކުގައި ގިނަ ގުނަ ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަވީރެއް ކަމަށެވެ. އެކުންފުނިން ބުނީ މި ހަވީރުގައި ކުޑަކުދިން ޝައުގުވެރިވާ ގިނަ ކުޅިވަރުތަކެއް ހިމެނިގެންދާނެ ކަމަށެވެ.

އަދި އެމްޑަބްލިޔުއެސްސީ އިން ދަނީ ސޯޝަލް މީޑިޔާގައި "ލައިކް އެންޑް ވިން" ކެމްޕެއިން އެއް ފެށުމަށް ނިންމާފަ އެވެ.

މި ކެމްޕެއިން ކުރިޔައް ދިޔުމަށް ހަމަޖެހިފައިވަނީމި މަހުގެ 22 އިން 28 އަށެވެ. މި މުއްދަތުގެ ތެރޭގައި ލައިކް ދޭފަރާތް ތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވާލެވޭ ހަ ފަރާތަކަށް ކަނޑައެޅިފައިވާ ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

.