އައި ކެއާ

އައިކެއަރއިން އާ އަހަރަށް ސޯޝަލް މީޑިއާގައި ގިވްއަވޭ ކެމްޕޭނެއް ފަށައިފި

Dec 18, 2022

އަގުހުރި އިނާމުތަކަކާއެކު އައިކެއަރއިން ސޯޝަލް މީޑިއާގައި އާއަހަރަށް ގިވްއަވޭ ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕެއިން ކުރިއަށްދާނީ މިއަދުން ފެށިގެން މިހިނގާ ޑިސެމްބަރު 31ގެ ނިޔަލަށެވެ.

ގިވްއަވޭގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމަކީ

  • އިންސްޓަގްރާމްގައި އައިކެއަރގެ އެކައުންޓް އައިކެއަރ.މޯލްޑިވްސް އަދި ފޭސްބުކްގައި އައިކެއަރ އޮޕްޓިކަލްސް ފޮލޯ ކުރުން
  • އައިކެއަރގެ އިންސްޓަގްރާމް ގިވްއަވޭ ޕޯސްޓް 'ލައިކް' ކުރުން
  • އިންސްޓަގްރާމް ގިވްއަވޭ ޕޯސްޓްގެ ކޮމެންޓްގައި ތިން ރައްޓެހިން ޓެގް ކުރުން
  • ގިވްއަވޭ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝެއާކޮށް އައިކެއަރ.މޯލްޑިވްސް ޓެގު ކުރުން
  • ޕްރައިވެޓް އެކައުންޓެއްނަމަ ސްޓޯރީގެ ސްކްރީންޝޮޓް ނަގާފައި އައިކެއަރއަށް ފޮނުވުން

ކެމްޕޭންގެ ބައިވެރިންގެ ތެރެއިން ލަކީޑްރޯ މެދުވެރިކޮށް އެއް ނަސީބުވެރިޔަކު ހޮވޭނެ އެވެ. ނަސީބުވެރި ފަރާތަކަށް ދެ ބޭފުޅަކަށް ފިޔަވަޅު ރިސޯޓް މޯލްޑިވްސްއަށް ދެ ރޭގެ ދަތުރެއް ލިބޭނެ އެވެ.

ގިވްއަވޭ ކެމްޕޭންގެ ނަސީބުވެރިން ހޮވުން އޮންނާނީ ކުރިއަށް އޮތް ޖެނުއަރީ ދެވަނަ ދުވަހު އެވެ.

އިތުރު މައުލޫމާތު ހޯދުމަށް އައިކެއަރގެ ހޮޓްލައިން 3321026 އަށް ގުޅުމުން ލިބޭނެ އެވެ.