އެމްއެންޑީއެފް

ދޯންޏެއް ބަންޑުން ޖަހާލައިފި

މާލެއާއި ވިލިމާލެއާ ދޭތެރޭ އޮންނަ ކަނޑު އޮޅީގައި ދޯންޏެއް ބަންޑުން ޖަހާލުމާ ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ދޯނި ބަންޑުން ޖަހާލުމާ ގުޅިގެން ފެނުން މައްޗަށް ފެންނަން އޮތީ ދޯނީގެ ފަށަލަ އެވެ.

ސިފައިން ގެންދަނީ ފުރޮޅާލާފައިވާ ދޯނި ފެނުން މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުުންނެވެ. އެގޮތުން ސިފައިންގެ ޑައިވަރުންތަކެއް ދަނީ ދޯނި ކައިރީގައި މިހާރުވެސް ހަރަކާތްތެރިވަމުންނެވެ.

ދޯނި ބަންޑުން ޖަހާލާފައިވާ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ސަމާލުވުމަށްވެސް ސިފައިންގެ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.