އެކްސިޑެންޓް

އެކްސިޑެންޓް ފެންނަ ވީޑިއޯ އާންމުވި މައްސަލަ ބަލަނީ

މިދިޔަ ހުކުރު ދުވަހު ސިނަމާލެ ބްރިޖްމަތީގައި ހިނގި އެކްސިޑެންޓުގައި މަރުވި ވިޔަފާރިވެރިޔާ ޖަޖަމްބޯ އިއްސެ، އެކްސިޑެންޓްވި ގޮތް ފެންނަ ވީޑިއޯ އާންމުވި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެވީޑީއޯ އަކީ ކިހިނެއް އާންމުވި ވީޑިއޯއެއްތޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުމަކީ މަރުވި މީހާގެ އާއިލާއަށް ހިތްދަތިކަން ލިބޭނެކަމަކަށްވާތީ، އެވީޑިއޯ ދައުރު ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެެވެ.

ސޯޝަލް މީޑިއާއިން އާންމުވެފައިވާ ވީޑޯއިން ފެންނަ ގޮތުގައި ޓްރެފިކް ލައިޓަށް މަޑުނުކޮށް ސައިކަލެއް ދުއްވާފައި ދަނިކޮށް ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަ އެވެ.